ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2019/206
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 1250
ސުންގަޑި: 25 ޖޫން 2019 1200
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ސެލެރީ އެންޑް ވޭޖް އެޑްވައިޒަރީ ބޯޑް
ވަޒީފާގެ ފުރުސަތު

މަޤާމް: ރިސަރޗް އޮފިސަރ
ސެކްޝަން/ ޑިވިޝަން ސެލެރީ އެންޑް ވޭޖް އެޑްވައިޒަރީ ބޯޑް
ބޭނުންވާ އަދަދު: 01
ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު: އިކޮނޮމިކްސް ނުވަތަ އިކޮނޮމިކް ފައިނޭންސް ،ސްޓެޓިސްޓިކްސް ދާއިރާއަކުން އެންމެ މަދުވެގެން ޑިޕްލޮމާ  ހާސިލް ކޮށްފައިވުން.
ހުނަރުވެރިކަން:

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ:

  1. އިގްތިސާދާގުޅޭ ތަފާސްހިސާބުތައް ދިރާސާކުރުމުގެ ހުނަރުވެރިކަން ހުރުން.
  2. ރިސަރޗް ޕޭޕަރު ލިޔުމުގެ ޤާބިލްކަން ލިބިފައިވުން.
  3. މައިކްރޯސޮފްޓް އެކްސެލް ބެނުންކޮށްގެން އެނަލިސިސް ހަދަން އެގުން އަދި އެނަލައިޒް ކުރެވިފައިވާ މަޢުލޫމާތުގެ ޑޭޓާބޭސް ހެދުން.
  4. ސްޓެޓިސްޓިކަލް ސޮފްޓްވެއަރތަކަށް އަހުލުރެވިވެފައިވުން.
  5. ޕްރެސެންޓޭޝަން ދިނުމުގެ ޤާބިލްކަން ހުރުން.
  6. ގަޑިއަށް ޙުރުމަތްތެރިވެ، އިތުރު މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް:

ސެލެރީ އެންޑް ވޭޖް އެޑްވައިޒަރީ ބޯޑްގެ ރިސަރޗް އޮފިސަރ މަޤާމްގެ މައިގަނޑު މަސައްކަތް:

  1. ދިވެހި ރާއްޖޭގައި މުސާރައާއި އަދި އުޖޫރާގެ ގޮތުގައި ދެވޭމުސާރަތަކާ ބެހޭ ގޮތުން ދިރާސާ ކުރުން.
  2. ސަރުކާރު އަދި އެހެނިހެން މުއައްސަސާތަކުން ބޭނުންވާ މަޢުލޫމާތު ހޯދުން.
  3. ސްޓެޓިސްޓިކަލް ސޮފްޓްވެއަރތައް ބޭނުންކޮށްގެން މަޢުލޫމާތު އެނަލައިޒް ކުރުން.
  4. އެނަލިސިސްއަށް ބިނާކޮށް ރިޕޯޓް ކަރުދާސް ތައްޔާރުކުރުން.
  5. ޑޭޓާބޭސް ބެލެހެއްޓުން.
  6. ސެލެރީ އެންޑް ވޭޖް އެޑްވައިޒަރީ ބޯޑްގެ ކުރަންޖެހޭނެ މަސައްކަތްތައް ކުރުން.
މުސާރައާއި އިނާޔަތްތައް:  15،000  ދިވެހި ރުފިޔާ 

 

ކުރިލަތިލުމުގެ ސުންގަޑި:

މި ވަޒީފާއަށް ސިޓީ ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 12:00 ގަ އެވެ. ހުށަހަޅުއްވާ ސިޓީ، ސީ.ވީ، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް (ބޮޑުތަކުރުފާނު މަގު، މާލެ 20125) އެޑްރެސްކުރައްވައި ހަށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސީޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް " ރިސަރޗް އޮފިސަރ ސެލެރީ އެންޑް ވޭޖް އެޑްވައިޒަރީ ބޯޑް"  މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 3323668 ފޯނަށް ގުޅުއްވައި ނުވަތަ info@trade.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

2019-06-18