މަސައްކަތް
ނަންބަރު: I4C-A/2019/5
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 1212
ސުންގަޑި: 19 ޖޫން 2019 1300
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމްގެ ބެކްޕެނަލް ހެދުން.

          އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމްގެ ސްޓޭޖުގެ ފަހަތުގައި ބެކްޕެނަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކޯޓުން ކުރި ނަންބަރު: I4C-A/2019/2 (28 މޭ 2019) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

          ވީމާ، މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖޫން 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 ޖޫން 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި، ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

          މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

10  ޝައްޥާލް 1440

13  ޖޫން   2019

2019-06-13