ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2019/203
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި:
20 ޖޫން 2019 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމްޕްލޯއިމެންޓް އެޖެންސީ އުވާލުމާބެހޭ
އިޢްލާން
ތިރީގައި މިދަންނަވާ ކުންފުނީގެ ހުއްދައިގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ބާޠިލުކޮށްދިނުމަށް އެދި ޝައިނީ ޕްލަސް ޕްރައިވެޓް ލިމިޓެޑް'' (SHINY PLUS PVT LTD)ން ވަނީ މި މިނިސްޓްރީއަށް ހުށަހަޅާފައެވެ.
ވީމާ، މި ދަންނަވާފއިވާ ކުންފުނީގެ ފަރާތުން އެމްޕްލޯއިމަންޓް އޭޖެންސީއެއްގެ ހައިސިއްޔަތުން ކުރައްވާފައިވާ މުޢާމަލާތަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް އޮތްނަމަ 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ލިޔުމަކުން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
13 ޖޫން 2019