ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2019/184
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 24 ޖޫން 2019 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ

އިޢުލާން

މަޤާމު

 އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމުގެ ނަންބަރު

J-251791

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަން/ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/5020 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯރޓިން ކޯ އެލަވެންސް  2: -/700

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެންމެހައި ތަންތަނުގައި އިންސްޓޯލްކޮށްފައިވާ ސޮފްޓްވެއަރތައް މެއިންޓެއިންކޮށް ބެލެހެއްޓުން
  2. މިނިސްޓްރީގެ ނެޓްވާރކްކާއި ގުޅާފައިވާ މިނިސްޓްރީގެ ދަށުން ހިންގާ އެންމެހާ ތަންތަނުގެ ނެޓްވާރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.
  3. މިނިސްޓްރީ އަދި އެހެން ޢިމާރާތްތަކުގައި ހުންނަ މިނިސްޓްރީގެ ޑިޕާޓްމަންޓް/ޑިވިޜަންތަކުގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތަކާއި، ޕްރިންޓަރތަކާއި، އައިޓީއާ ގުޅޭ އެހެނިހެން ތަކެތި އިންސްޓޯލް ކުރުމާއި އެތަކެއްޗައް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި މަރާމާތުކުރުން އަދި މަރާމާތު ނުކުރެވޭތަކެތި އޮފީހުން ބޭރަށް ފޮނުވައިގެން މަރާމާތުކުރުން.
  4. އަތޮޅުތެރޭގެ ޞިއްޙީ ހިދުމަތްދޭ ތަންތަނުގެ ނެޓްވޯކް އަދި އައިޓީ އިންފްރާސްޓްރަކްޗަރ އަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވުން.
  5. އަލަށް އަޅަންޖެހޭ ނެޓްވަރކް އެޅުމާއި ނެޓްވޯރކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ޙައްލުކުރުން.
  6. ޓެކްނިކަލް އިވޭލުއޭޝަން ހެދުން.
  7. އައި.ޓީ ހެލްޕްޑެސްކްގެ އެހީ ފޯރުކޮށްދިނުން.
  8. އައިޓީ އާއިގުޅުންހުރި ތަކެތީގެ އިންވެންޓްރީ އަޕްޑޭޓުކޮށް ބެލެހެއްޓުން.
  9. ނީލަން ކިޔާތަކެތި އައިޑެންޓިފައިކޮށް އެތަކެތީގެ ލިސްޓް ހެދުން.
  10. ޑިވިޜަންގައި ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތް ތަކުގައި ޑިވިޜަންގެ އެހެން މުވައްޒިފުންނަށް އެހީތެރިވެދިނުން.

މަޤާމުގެ ޝަރުތުތައް

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.  

ތަޢުލީމީ ރޮނގުތައް

ކޮމްޕިއުޓަރ ސައިންސް

ގުޅޭ ވަޒީފާގެ ދާއިރާތައް

އިންފޮމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާ 24 ޖޫން 2019 ވަނަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ ޖުލައި މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014344 ނަންބަރު ފޯނަށެވެ.

13 ޖޫން 2019