މަސައްކަތް
ނަންބަރު: (IUL)23-AP/23/2019/179
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 09:01
ސުންގަޑި: 20 ޖޫން 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.ދިއްފުށީ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

           ކ.ދިއްފުށީ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 19 ޖޫން 2019 ވާ ބުދަ ދުވަހުގެ ހެނދުނު 8:30 އިން 13:30 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ ކ.ތުލުސްދޫ ސިއްހީމަރުކަޒަށް ނުވަތަ ކ.ދިއްފުށީ ސިއްހީމަރުކަޒަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އަދި ކ.ތުލުސްދޫ ސިއްހީމަރުކަޒުގައި އަދި ކ.ދިއްފުށީ ސިއްހީމަރުކަޒުގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ޖޫން 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)ގައި އަދި ކ.ތުުލުސްދޫ ސިއްހީމަރުކަޒުގައި އަދި ކ.ދިއްފުށީ ސިއްހީމަރުކަޒުގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

09 ޝައްވާލް 1440

12 ޖޫން 2019