ކުއްޔަށް ދިނުން
ނަންބަރު: (IUL)327-C/327/2019/105
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 27 ޖޫން 2019 13:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރުގައި ސްލިޕްވޭއެއް އެޅުން

ނައިފަރުގައި ސްލިޕްވޭއެއް އަޅާ ސްލިޕްވޭގެ ޚިދުމަތްތައް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓް ބައްލަވާގަނެ ބިޑް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ޑޮކިޔުމެންޓްސް ވިއްކުން

ބިޑް ޑޮކިއުމެންޓް ގަންނަން ލިބެން ހުންނާނީ 12 ޖޫން 2019 (ބުދަ) ދުވަހުން ފެށިގެން 20 ޖޫން 2019 (ބުރާސްފަތި) ދުވަހަށް ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުންނެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 100.00 ރުފިޔާއެވެ.

 

ޕްރީބިޑް މީޓިންގ

މިބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ބިޑާއި ގުޅޭ މަޢުލޫމާތުތައް ޕްރީބިޑް ކަރުދާހުން ލިބެން ހުންނާނެއެވެ. އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވެލައްވާ މަޢުލޫމާތުތައް ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ ފޯނު ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ސާފުކުރެއްވޭނެއެވެ.

 

ބިޑް އޯޕަން މީޓިންގ

27 ޖޫން 2019 (ބުރާސްފަތި)  – 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި.

ބިޑް ހުށަހަޅާފަރާތަށް ޙާޟިރުވެވެން ނެތް ހިނދެއްގައި ބިޑް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. މިގޮތަށް އަންނަ ފަރާތަކީ ބިޑް ހުށަހަޅާފަރާތުގެ މަންދޫބެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ލިޔުން ހުށަނާޅާނަމަ ބިޑް ބަލައެއް ނުގަނެވޭނެއެވެ.

 

12 ޖޫން 2019