ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިމިނިސްޓްރީގެ އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާ 18 ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މަޢުލޫމާތު ދެވިފައިވާ ގޮތަށް 3 ޖޫން ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
Intel i5 8th Gen | Processor |
8GB RAM DDR4 | RAM |
240GB SSD | Hard Disk |
Internal 8x DVD +/-RW | Optical Drive |
Intel Integrated Graphics | Graphics |
10/100/1000Mbps Gigabit Ethernet | Network Interface |
USB Keyboard | Keyboard |
USB Optical Mouse, including mouse pad | Mouse |
Genuine Microsoft Windows 10 Professional 64-bit | Operating System |
Genuine Microsoft Office home and business 2019 | Software Required |
21inches LED Display | Monitor |
ބީލަމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު
ބީލަން ހުށަހަޅުއްވަންވާނީ މި އޮފީހުންދޭ މަޢުލޫމާތާއި އެއްގޮތަށް ފުރިހަމަކޮށް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގެ ބޭރުގައި ބީލަން ހުށައަޅާފަރާތުގެ ފުރިހަމަ ނަމާއި، ބީލަމުގެނަން ޖަހާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ ނުވަތަ ބީލަމުގައި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތްނުވާ ބީލަންތައް ބާތިލްކުރެވޭނެއެވެ. ހުށަހަޅުއްވާ ބީލަމާއެކު މަދުވެގެން ތިރީގައިވާ މަޢުލޫމާތު ހިމަނުއްވަން ވާނެއެވެ.
ހ. ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ނުވަތަ ޕްރޮފައިލް
ށ. ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
ނ. ލިބިފައިވާ ތަޖުރިބާ ސަޕޯޓިންގ ޑޮކިއުމަންޓާއެކު
ރ. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ
ބ. ބީލަމުގެ އަގު ޖީ.އެސް.ޓީ އާއެކު
ޅ. މަސައްކަތް ނިންމުމަށް ހުށަހަޅުއްވާ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން "ދުވަހުން"
ކ. ހުށަހަޅާ ތަކެއްޗާއިބެހޭ ފުރިހަމަ މަޢުލޫމާތު ހުށައަޅަންވާނެއެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް
- އަގު: 60 މާކްސް ( އެންމެ ކުޑަ އަގު / ހުށައެޅި އަގު*60 )
- މުއްދަތު: 20 މާކްސް ( އެންމެ ކުރު މުއްދަތު / ހުށައެޅި މުއްދަތު*20 )
- ތަޖުރިބާ: 20 މާކްސް ( ތަޖުރިބާ ، މީގެ ކުރިން މިފަދަ މަސައްކަތް ކޮށްދީފައިވާ ކަމުގެ ލިޔުންތަކަށް ބެލުމަށްފަހުއެވެ. މިގޮތުން ހުށަހަޅާ ކޮންމެލިޔުމަކަށް ލިބޭނީ 5 މާކްސް އެވެ. އެންމެ ގިނަވެގެން ލިބޭނީ 20 މާކްސް އެވެ. އަދި އެލިޔުންތަކުގައި އެ ލިއުމެއް ދެއްވި ފަރާތުގެ ތައްގަޑާއި ސޮއި އޮންނަންވާނެއެވެ. )
- ބީލަމާބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7966634 އަށް ގުޅުއްވުން އެދެމެވެ.
20 ރަމަޟާން 1440