ވަޒީފާގެ ފުރުޞަތު
ނަންބަރު: GS52/IUL/2019/23
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2019
ޕަބްލިޝްކުރި ގަޑި: 07:54
ސުންގަޑި: 10 ޖޫން 2019 13:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު:GS52/IUL/2018/01  އިޢުލާނުން އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކުރި އިޢުލާނުގައި

މައްސަލައެއް ދިމާވެގެން އެއިޢުލާނު ބާޠިލުވެފައިވާތީ އަލުން މި މިމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިވާހަކަ ދެންނެވީމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-132320

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް 03

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 01

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް/ ލ.ގަން

މުސާރަ:

4465.00ރ (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލެވަންސް:

1500.00ރ (އެއްހާސް ފައްސަތޭކަ ރުފިޔާ)

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯރޓިންގ ކޯ އެލަވަންސް 2 : 700.00ރ (ހަތްސަތޭކަ ރުފިޔާ)

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދޭސީންނާއި ބިދޭސީންގެ ޕާސަނަލް ފައިލްތައް އަޕްޑޭޓްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި އެފަރާތްތަކުގެ ވަޒީފާއާއި ގުޅުން ހުރި އެންމެހާ ކަންތައްތައް ސުކޫލުގެ އިސްވެރިޔާގެ ލާފާގެ މަތިން ކުރިޔަށް ގެންދިޔުން. މިގޮތުން ވަޒީފާ ދާއިމީ ނުވާ މުވައްޒަފުންގެ މަގާމުތައް ދާއިމީ ކުރުމައްޓަކައި ސުކޫލުގެ އިސްވެރިޔާގެ ލަފާގެ މަތިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާކޮށް ފޮނުވަންޖެހޭ ލިޔުމެއްވާނަމަ ފޮނުވުމަށް މަސައްކަތްކުރުން.
  2. ކުރުމުއްދަތެއްގައި ނުވަތަ އަވަސް ގޮތެއްގައި ޖަވާބު ދިނުމަށް މެސެޖެއް ނުވަތަ ސިޓީއެއްފަދަ "އާރޖެންޓް"ލިޔުމެއް ލިބިއްޖެނަމަ ކަމުގެ މުހިންމު ކަމަށްބަލާ ވީ އެންމެ އަވަސް ފުރުސަތެއްގައި ސުކޫލުގެ ވެރިޔާއަށް ނުވަތަ އެހެނިހެންވެސް އިސްފަރާތަކާއިއެކު މަޝްވަރާކޮށް ޒިންމާދާރުކަމާއެކު ޖަވާބު ތައްޔާރުކޮށް ފޮނުވަންވާނެއެވެ.
  3. ކަނޑައެޅިފައިވާ ގޮތުގެ މަތިން ސްކޫލުގެ އެންމެހާ ސްޓާފުންގެ ކަންތައް ބެލެހެއްޓުން.
  4. މުވައްޒަފުންނަށްޗުއްޓީ ދިނުމުގެ ރެކޯޑްސްބަރާބަރަށް ބަލަހައްޓާ، މުވައްޒަފަކު ޗުއްޓީއަކަށް އެދި ހުށައަޅައިފިނަމަ އިސްވެރިޔާގެ ލަފާގެ މަތިން ޗުއްޓީ ޗިޓް ތައްޔާރުކޮށް އެފަރާތަކާއި ހަވާލު ކުރުން.
  5. ކޮންމެ އަހަރެއް ފެށުމުން މުވައްޒަފުން ޗުއްޓީއަށް ދާގޮތުގެ ތާވަލް އެކުލަވާލުން.
  6. އޮފީސް ހުޅުވާ ލެއްޕުން.
  7. ސީނިޔަރ މެނޭޖްމަންޓްގެ ބައްދަލުވުންތަކުގައި ބައިވެރިވެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
  8. ސްޓާފުންގެ އެޕްރެއިޒަލް ފޯމުތައް ތައްޔާރުކޮށް ސްޓާފުން އެޕްރެއިޒް ކުރުމުގެ މަސައްކަތްތައް ސުކޫލުގެ އިސްވެރިޔާގެ ލަފާގެ މަތިން ރާވާ ހިންގުން.
  9. އެއަހަރެއްގެ އެޕްރައިޒަލް މަސައްކަތް ނިމުމުން ރިޕޯޓް ހަދައި މިނިސްޓްރީއަށް ފޮނުވުން.
  10. ސްކޫލުގެ އިދާރީ މަސައްކަތްތަކުގައި ބޭނުންކުރާ ފޮތްތަކާއި ފައިލްތައް ބެލެހެއްޓެނީ ރަނގަޅަށްތޯ ބަލާ ޗެކުކުރުން.
  11. ސުކޫލުގެ އިސްވެރިޔާ ނުވަތަ އިސްވެރިޔާ ކަނޑައަޅުއްވާފައިވާ ފަރާތެއްގެ އިރުޝާދުގެ މަތިން. ސުކޫލުގެ ސަރުދާރާއި މަސައްކަތު މީހުން ގެ މަސައްކަތްތައް ރާވާ ހިންގާ މޮނިޓަރ ކުރުން.
  12. ސްކޫލުގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  13. ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ސުކޫލު މާހައުލުން ދިމާވެއްޖެނަމަ ނުވަތަ މެދުވެރިވާނެކަމަށް ފާހަގަ ކުރެވިއްޖެނަމަ އެކަމެއް ހައްލުކުރުމަށް ކަމާ ގުޅުން ހުރި ޓީޗަރުން ނުވަތަ ސުކޫލުގެ އެހެހެނިހެން އިސްފަރާތް ވާހަކަ ދައްކައިގެން ހައްލުކުރެވޭތޯ މަސައްކަތް ކުރަންވާނެއެވެ.
  14. އަތޮޅު ސްކޫލްތަކުގެ މުސާރަ ޝީޓް ހަދައި ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ފޮނުވުން.
  15. މުވައްޒަފުންގެ ހާޒިރީ ބަލަހައްޓާ، ކޮންމެ މަހެއްގެ 07 ވަނަ ދުވަހުގެ ކުރީން ހާޒިރީ ރިޕޯޓްހަދައި، ޕްރިންޓްކޮށް އިސްވެރިއެއްގެ ސޮއި ކުރުވުން.
  16. މުވައްޒަފުންގެ ދާއިމީ ރަޖިސްޓްރީ އާއި ވަގުތީ ރަޖިސްޓްރީ އަޕްރޭޓްކޮށް ބެލެހެއްޓުން.
  17. ވަޒީފާއަށް ކުރިމަތިލާ މުވައްޒަފުންގެ އިންޓަވިއު ކުރުމުގެ ކަންތައްތައް ހަމަޖެންސުން.
  18. ވަޒީފާ ހަމަޖެއްސުމުގެ އެންމެހާ ކަމެއް ޤަވާއިދުތަކާއި އެއްގޮތަށް ކުރުން.
  19. މުވައްޒަފުންގެ ޕްރޮމޯޝަންގެ ކަންކަން ޤަވާއިދުތަކާއި އެއްގޮތަށް ކުރުން.
  20. އަތޮޅާއި މިސްކޫލުގެ ބިދޭސީ ޓީޗަރުންގެ ޗުއްޓީ ދަތުރުގެ އެންމެހާ މަސައްކަތެއް ފޯކަލްޕޮއިންޓު ނުވަތަ ފޯކަލްޕޮއިންޓު ކަނޑައަޅާ ފަރާތެއްގެ އިރުޝާދުގެ ދަށުން އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިރުޝާދުގެ މަތިން ފުރިހަމަކޮށް މިނިސްޓްރީން ކަނޑައަޅާ ތާރީޚްތަކަށް ފޮނުވުން.
  21. މި އިދާރާގެ ސީއެސް ވިއުގައިގެ އެންމެހާ މަސައްކަތްތަކެއް އަޕްޑޭޓުކޮށް ބެލެހެއްޓުން.
  22. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފުރިހަމައަށް ކުރުމުގައި މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކްނޑްރީ ސްކޫލް' ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސަރޓިފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ) މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ  ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދިވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯރމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. ކޮންޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ހުރި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 ގެކުރިން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އިން ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 ޖޫން 2019 އާއި 16 ޖޫން 2019 އާ ދެމެދު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ގައެވެ.  

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ އަދަދު 10 އިން މަތިނަމަ ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800012 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

27 މޭ 2019