ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)334/334/2019/53
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2019
ޕަބްލިޝްކުރި ގަޑި: 22:00
ސުންގަޑި: 13 ޖޫން 2019 13:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ހުރާއިން ދިރިއުޅުމަށް ގޯތި ދޫކުރުން

ކ. ހުރާ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން.

 

ދިރިއުޅުމަށްޓަކައި މިރަށުން ބަންޑާރަ ގޯތި ދޫކުރުމަށް 13 ސެޕްޓެމްބަރ 2018ގައި ކުރި އިޢުލާން (ނަންބަރ (IUL)334/334/2018/58)ގައި ކުރި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. އަދި  އެ ތާރީޚްގައި ކުރެވުނު އިޢުލާނުގެ ދަށުން ދޫކޮށްފައިވާ ފޯރމްތައްވެސް ބާޠިލްކޮށްފައިވާ ވާހަކަވެސް ދަންނަވަމެވެ.

ދިރިއުޅުމަށްޓަކައި މިރަށުން ބަންޑާރަ ގޯތި ދޫކުރުމަށް މި ކައުންސިލުން ކަނޑައަޅައިފީމެވެ. މިބުރުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރައްޙަދުގެ ޗާޓް މިޢުލާނާއިއެކު މިވަނީއެވެ. ގޯތި ދޫކުރެވޭނެގޮތާއި ތަރުތީބު ނަންބަރު އެޗާޓުގައި އެނގެންހުންނާނެއެވެ. މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 90 ގޯއްޗެވެ. އެއީ 1466.85 އަކަފޫޓާއި 1957.73 އަކަފޫޓާއި ދެމެދުގެ ގޯއްޗެވެ. ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާ ޝަރުތުތައް ތިރީގައި އެވަނީއެވެ.

ރަނގަޅަށް ފޯމު ފުރިހަމަ ނުކުރައްވަވާ ފަރާތްތަކުގެ ފޯމު ބާޠިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                           

ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާ ޝަރުތުތައް:

 

  1. ދިވެހި ރައްޔިތެއް ކަމުގައިވުން.
  2. ޢުމުރުން 18 އަހަރު ފުރިފައިވުން.
  3. ބަންޑާރަގޯއްޗެއް  ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. ލިބިފައިވާނަމަ އެމީހަކަށް މިރަށުން ގޯއްޗެއް ލިބުމުން ކުރިން ލިބިފައިވާ ގޯތި ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
  4. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަގޯއްޗެއްގައިވާ ނުއުފުލޭމުދަލުން ލިބިގެން 600އަކަފޫޓަށްވުރެ ބޮޑުބައެއް ގޯއްޗަކުން ލިބިފައިނެތުން. ލިބިފައިވާނަމަ އެމީހަކަށް މިރަށުން ގޯއްޗެއް ލިބުމުން ކުރިން ލިބިފައިވާބައި ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
  5. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ލިބިފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 2އަހަރު ދުވަހުގެ ތެރޭގައިމީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.
  6. ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް،  އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުނެގޭނެ ގޮތެއް ބަލާ އެމީހަކީ ގޯއްޗަށް ބޭނުންވެފައިވާ މީހެއްކަމަށް، "ދިރިއުޅުމަށްޓަކައި، ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވައިދު"ގެ 16ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން. (ކޮމިޓީއިން ނިންމާފައިވަނީ، ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ، ދެމަފިރިންގެ ތެރެއިން އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތަށް ގޯތި ދޫކުރުމަށެވެ. ދެމަފިރިންނަށް ލިބުނު ޕޮއިންޓް އެއްވަރުވެފައިވާނަމަ، ދެމަފިރިން ވާހަކަދައްކައިގެން ގޯތި ދޭނެފަރާތެއް ނިންމާނީއެވެ. މިގޮތުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ގުރުއަތުލައިގެން ގޯތިދޭނެ ފަރާތެއްކަނޑައަޅާނީއެވެ.)

 

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓު ދިނުމުގެ އުޞޫލު

 

  1. 1.       ކައިވެނީގެ ބައި:

(ހ) މީހަކާ އިނދެގެން ހުރިނަމަ                                                20 ޕޮއިންޓު

(ށ) ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ (18 އަހަރުންދަށުގެ)       10 ޕޮއިންޓު

(ނ) ކައިވެންޏަށްވީ ކޮންމެ އަހަރަކަށް 01 ޕޮއިންޓް)                                   10 ޕޮއިންޓު

(މިގޮތުން ގިނަވެގެންދެވޭނީ 10ޕޮއިންޓެވެ.) (އިތުރު ތަފްޞީލް ބައްލަވާ)

 

  1. 2.       ޢުމުރުގެ ބައި:

(ހ) ޢުމުރުން 18 އަހަރާ 25 އަހަރާ ދެމެދު ނަމަ (ގޯއްޗަށް އެދޭމީހާ)                       05 ޕޮއިންޓު

(ށ) ޢުމުރުން 26 އަހަރުން މަތިނަމަ  ( ގޯއްޗަށް އެދޭމީހާ)                              07 ޕޮއިންޓު

 

  1. 3.       ދަރިންގެ ބައި:

 

(ހ) 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ                                        05 ޕޮއިންޓު

(ށ) 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް                04 ޕޮއިންޓު

(މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓެވެ) (އިތުރު ތަފްޞީލް ބައްލަވާ)

(ނ) ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރިނަމަ (އިތުރު ތަފްޞީލް ބައްލަވާ) 04 ޕޮއިންޓު

(މި ބަޔަށް ގިނަވެގެން ދެވޭނީ 06 ޕޮއިންޓު) (އިތުރު ތަފްޞީލް ބައްލަވާ)

 

  1. 4.       މައިން ބަފައިންގެ ބައި:

(ހ) މަންމަ ބަލަމުން ގެންދާނަމަ (އިތުރު ތަފްޞީލް ބައްލަވާ)                              03 ޕޮއިންޓު

(ށ) ބައްޕަ ބަލަމުން ގެންދާނަމަ (އިތުރު ތަފްޞީލް ބައްލަވާ)                              03 ޕޮއިންޓު

(ނ) މައިން ބަފައިންނާއި ދަރިން ފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުން ގެންދާނަމަ     03 ޕޮއިންޓު

 (އިތުރު ތަފްޞީލް ބައްލަވާ)

 

  1. 5.       ރަށްވެހިކަމުގެ ބައި:

 

(ހ) ރަށުގެ ރަށްވެއްސެއްނަމަ                                                  25 ޕޮއިންޓު

(ށ ކުރިން ރަށްވެހިވެފައިވާ ރަށްދޫކޮށް މި ރަށުގައި ރަޖިސްޓަރީވެ، ދިރިއުޅޭތާ 3 (ތިނެއް) އަހަރު       15 ޕޮއިންޓު

ވެފައިވާނަމަ.

(ނ) މި ރަށުގައި ރަޖިސްޓަރީވެފައި ނުވިނަމަވެސް މިރަށުގައި ދިރިއުޅޭތާ 05 (ފަސް) އަހަރު          05 ޕޮއިންޓު

ވެފައިވާނަމަ. (އިތުރު ތަފްޞީލް ބައްލަވާ)

 

  1. 6.       ޙާއްޞަ އެހީގެ ބައި:

(ހ) އިނދެގެން އުޅޭތާ 5 އަހަރުވީއިރުވެސް ދަރިން ނުލިބި ތިބީ ޞިއްޙީ މައްސަލައެއްގެ ސަބަބުން      05 ޕޮއިންޓު

ކަމުގައި ޑޮކްޓަރ ދެއްވާފައިވާ ލިޔެކިޔުންތަށް ނުވަތަ އެކަމަށް ޑޮކްޓަރެއްގެ ފަރުވާ

 ހޯއްދަވާފައިވާކަމުގެ ލިޔެކިޔުންތަށް ހުށަހަޅާފައިވާނަމަ (އިތުރު ތަފްޞީލް ބައްލަވާ)

 

  1. 7.       ޕޮއިންޓު އުނިކުރުން

(ހ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ހުރި         12 ޕޮއިންޓު

ހަމައެކަނި ދަރިޔަކީ ގޯއްޗަށް ކުރިމަތިލާ މީހާކަމުގައިވާނަމަ

(ށ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި ހުރި         12 ޕޮއިންޓު

ހަމައެކަނި ދަރިޔަކީ ގޯއްޗަށް ކުރިމަތިލާ މީހާކަމުގައިވާނަމަ

(ނ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 2500 އަކަފޫޓަށްވުރެ ކުޑަނޫން ގޯއްޗެއް              08 ޕޮއިންޓު

އޮވެފައި ބައްޕަގެ ތިބީ 02 ކުދިންކަމުގައިވާނަމަ

(ރ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 2500 އަކަފޫޓަށްވުރެ ކުޑަނޫން ގޯއްޗެއް              08 ޕޮއިންޓު

އޮވެފައި މަންމަގެ ތިބީ 02 ކުދިންކަމުގައިވާނަމަ

(ބ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއް ގޯއްޗަށް ވުރެ           10 ޕޮއިންޓު

 ގިނަ ގޯތި އޮތްނަމަ

(ޅ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު އެއް ގޯއްޗަށް ވުރެ           10 ޕޮއިންޓު

ގިނަ ގޯތި އޮތްނަމަ

(ކ) ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަގޯއްޗެއްލިބި އެއްވެސް ފަރާތަކަށް ދޫކޮށްލާ ނުވަތަ              15 ޕޮއިންޓު

ވިއްކާފައިވާނަމަ.

(އ) ގޯއްޗަށް އެދޭމީހާއާއި އަދި (އަނބިމީހާ/ފިރިމީހާ) މިރަށުގައި ދާއިމީކޮށް ދިރިނޫޅޭތާ   

   2އަހަރު ވެފައިވާނަމަ                                                        05 ޕޮއިންޓު

   5އަހަރު ވެފައިވާނަމަ                                                        10 ޕޮއިންޓު

(ވ) ގޯއްޗަށް އެދޭމީހާގެ (އަނބިމީހާ/ފިރިމީހާ)ގެ ނަމުގައި ބަންޑާރަގޯއްޗެއް  ނުވަތަ އަމިއްލަ             

ގޯއްޗެއް ލިބިފައިވާނަމަ ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަގޯއްޗެއްގައިވާ          35 ޕޮއިންޓު

ނުއުފުލޭމުދަލުން ލިބިގެން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ގޯއްޗަކުން ލިބިފައިވާނަމަ

(މ) ޕޮއިންޓު ދިނުމުގެ އުޞޫލުގެ ދަރިންގެބައިން: (ހ) (ށ) (ނ) (ރ) ގައިވާ ކުދިންނަކީގޯތިދިނުމަށް       02 ޕޮއިންޓު

ކުރެވޭ އިޢްލާނުގެ ތާރީޚާ ހަމައަށް މިރަށުގައި ރަޖިސްޓަރީ ކޮށްފާ ނުވާ ކޮންމެ ކުއްޖަކަށް

 

އިތުރު ތަފްޞީލް

v      ގޯއްޗަށް އެދޭ މީހާގެ ހުންނަންވާ ޝަރުތު ނަމްބަރ 3، 4 ގައިވާ ގޮތަށް ގޯތި ލިބޭ ފަރާތަކީ ކުރިން ގޯއްޗެއް ލިބިފައިވާ ފަރާތެއްނަމަ މިބުރުގައި ލިބޭ ގޯތި ރަޖިސްޓްރީކޮށްދެވޭނީ ކުރިން ލިބިފައިގޯތި ސަރުކާރަށް ދޫކޮށްލިކަމުގެ ރަސްމީ ލިޔެ ކިޔުންތަށް ހުރާ ކައުންސިލް އިދާރާއަށް ލިބި، އެއީ ޞައްޙަ ލިޔުމެއްކަން ސާބިތުކުރުމަށް ފަހުއެވެ.

v      ޕޮއިންޓު ދިނުމުގެ އުޞޫލުގެ ކައިވެނީގެ ބައިން (ނ) ކައިވެނީގެ މުއްދަތު ގުނާނީ މި ދެމަފިރިންގެ ކައިވެންޏަށް މެދުކެނޑުމެއް ނުވާ ނަމައެވެ. ނަމަވެސް ވަރިވެ އިއްދައިގެ ތެރޭގައި ރުޖޫޢަ ކޮށްފައިވާނަމަ އަހަރު ގުނާނީ ފުރަތަމަ ކައިވެނިކުރި ތާރީޚުން ފެށިގެންނެވެ. މުއްދަތު ބެލުމުގައި ޕޮއިންޓުދޭނީ 1އަހަރާ 6މަސް ނަމަ 2 ޕޮއިންޓު މި އުޞޫލުން. މިގޮތަށް ބަލާނީ ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.

v      ޕޮއިންޓް ދިނުމުގެ އުޞޫލު ނަމްބަރ 5ގެ (ހ) ގައި ބަޔާންކޮށްފައިވާ ރައްވެއްސެއްކަމުގައި ބަލާނީ މިރަށުގައި ރަށްވެހިވެ ދިރިއުޅޭތާ 15 އަހަރު ވެފައިވާނާމައެވެ.

v      ޕޮއިންޓު ދިނުމުގެ އުޞޫލު ނަމްބަރު 2 ގައިވާ ޢުމުރުގެ ބައި ބަލާނީ ގޯތި ދޫކުރުމަށް އިޢްލާން ކުރި ތާރީޚަށެވެ.

v      ޕޮއިންޓު ދިނުމުގެ އުޞޫލު ނަމްބަރު 3ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓު ދިނުމުގައި  4 ދަރިންނަށްވުރެ ގިނައިން ދަރިން ތިބި ކަމުގައި ވިޔަސް ދެވޭނީ ޖުމުލަ 16 ޕޮއިންޓެވެ. އަދި މަންމަ ދަރިން ބަލަމުން ގެންދިޔަކަމުގައިވިޔަސް ދަރިންގެ ބައްޕަ ޤަވައިދުން ޚަރަދުދޭކަމަށް ޝަރުޢީ ލިޔުން، ދަރިންގެ ބައްޕަ ގޯއްޗަށް އެދި ހުށަހަޅާ ފޯމާއި އެކު ހުށަހަޅާފިނަމަ، މިބައިން އެ ދެފަރާތަށްވެސް ޕޮއިންޓް ދެވޭނެއެވެ. ދަރިން ތިބެގެން ޕޮއިންޓުދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައިތިބި ދަރިންނަށެވެ. (މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓު ގޯއްޗަށްއެދިފައިވާ މީހާއަށް ދޭކަށް ނުޖެހޭނެއެވެ.

v      ޕޮއިންޓު ދިނުމުގެ އުޞޫލު ނަމްބަރު 4 ގައިވާ މައިން ބަފައިން ބަލަމުން ގެންދާތީ ލިބޭ ޕޮއިންޓު ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ. މިގޮތުންވެސް ޕޮއިންޓް ލިބޭނީ މިކަންސާބިތުކޮށް 2 ހެކިންގެ ސޮޔާއެކު ލިޔުމެއް ހުށަހެޅުމުންނެވެ.

v      ޕޮއިންޓު ދިނުމުގެ އުޞޫލުގެ ޢުމުރުގެބައިން: (ހ) (ށ) ޢުމުރު ބަލާނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާގެ އެވެ.

v      ޕޮއިންޓު ދިނުމުގެ އުޞޫލުގެ ނަމްބަރު 4 (މައިންބަފައިންގެ ބައި) ގެ (ނ) ގައިވާ ފަދަ މީހަކު ބަލަމުން ގެންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށް ނޫޅެވޭފަދަ މީހަކުކަމުގައި ވާނަމައެވެ.

v      ޕޮއިންޓު ދިނުމުގެ އުޞޫލުގެ ނަމްބަރު 6 (ޙާއްޞަ އެޙީގެ ބައި) ގެ (ހ) ގައިވާ ފަދަ ފަރާތްތަކަށް ޕޮއިންޓް ދެވޭނޭ އެފަރާތުން ހުޞަހަޅާ ލިޔުންތަށް، ސަރުކާރުން ހުއްދަދީފައިވާ ޑޮކްޓަރަކު ޗެކްކޮށް ޞައްޙަ ލިޔުންތަކެއްކަމަށް ފާސްކޮށްދިނުމުންނެވެ.

v      ޕޮއިންޓު ދިނުމުގެ އުޞޫލުގެ ނަމްބަރ 5 ގެ (ނ) ގައި ބަޔާންކުރާ ފަރާތްތަކުން ކ.ހުރާގައި ދިރިއުޅޭކަމުގެ ރަސްމީ ލިޔުމެއް ރަށު ކައުންސިލްގެ އިދާރާއިން ހޯދާ ހުށަހަޅަންވާނެއެވެ.

v      ޕޮއިންޓް އުނިކުމުގެ އުޞޫލުގެ ނަމްބަރ 7 ގެ (އ) ގައި ބަޔާންކުރާގޮތަށް ޕޮއިންޓް އުނިކުރާނީ ދެމަފިރިންކުރެ އެއްވެސް ފަރާތަކުން ބުނެފައިވާ މުއްދަތުގައި ކ.ހުރާގައި ދިރިނޫޅޭނަމައެވެ.

 

ގޯތި ލިބޭގޮތް:

 

v      ގޯތި ލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓު ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓު ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެ ފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ މީހުންތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

v      ގޯއްޗަށްއެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢްލޫމާތަކަށް އައިސްފައިވާ އުނި އިތުރުބަލާނީ ގޯތިދިނުމަށް އިޢްލާންކުރާ ތާރީޚަށެވެ.

v     ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭފަރާތްތަކަށެވެ.

 

            ވީމާ، ދިރިއުޅުމަށްޓަކައި މިރަށުން ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކުން މި އިދާރާއިން ދޫކުރާ ފޯމު ފުރިހަމަ ކުރައްވަވާ 13 ޖޫން 2019ވާ  ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރާނީ 27 މޭއި 2019ވާ ހޯމަ ދުވަހުންފެށިގެން 12 ޖޫން  2019ވާ  ބުދަ ދުވަހުގެ ނިޔަލަށެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2019 ޖޫން 11، 12، އަދި  13ވަނަ ދުވަހުގެ ހެނދުނު 9:00އިން ފެށިގެން އެދުވަހުގެ ނިޔަލަށެވެ.

                                                                       

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

26 މޭ 2019