ޢާންމު މަޢުލޫމާތު
ނަންބަރު: BBAM-I/2019/005
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2019
ޕަބްލިޝްކުރި ގަޑި: 1259
ސުންގަޑި: 01 މާރިޗު 2020 1400
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މިސްޓަރ މޯލްޑިވްސް 2020

 

ޢިޢުލާން

މިސްޓަރ މޯލްޑިވްސް 2020

މިއެސޯސިއޭޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2020" 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންފަހަރު ތަކާއި ހިލާފަށް، އެސޯސިއޭޝަންގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާ އަހަރު ކަމުގައިވުމުން، މުބާރާތް ވީހާވެސް ކުލަގަދަ ގޮތެއްގައި ބޭއްވުމަށް އެސޯސިއޭޝަނުން ބޭނުންވެއެވެ. މުބާރާތުގައި ބައިވެރި ވެވޭނީ ދިވެހިފަރުދުނަށެވެ.

ވީމާ، ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2020" ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މުޅިރާއްޖެއަށް ހުޅުވާލެވިފައެވެ.

  • ·         މުބާރާތުގައި ބައިވެރި ވެވިދާނެ ގޮތްތަށް:

1-      އަމިއްލަ ފަރުދުން

2-      ޖިމް

3-      ޖަމިއްޔާ

4-      ރާއްޖޭގެ ރިސޯޓްތަށް

މުބާރާތުގެ ރަޖިސްޓްރޭޝަން 26 މެއި 2019 (އާދިއްތަ) ދުވަހުންފެށިގެން އާންމުކޮށް ހުޅުވާލަމެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިހަމަވާނީ 1 މާރޗް 2020 ވާ (އާދިއްތަ) ދުވަހުގެ 14:00 އެށެވެ. އަދި އެދުވަހުގެ ކުރިން އެސޯސިއޭޝަނަށް މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅަ ފޯމް ގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުވާ ފޯމްތަށް ބަލައިނުގަނެވޭނެ ވާހަކަވެސް އަންގަމެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ، ރެޖިސްޓްރޭޝަން ފޯމް އެސޯސިއޭޝަނުން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު 7812226 މޯބައިލް އާއި ގުޅުންއެދެން.

 

 

2019-05-25