މަސައްކަތް
ނަންބަރު: F10C-A/2019/08
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2019
ޕަބްލިޝްކުރި ގަޑި: 1309
ސުންގަޑި: 27 މޭ 2019 1000
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

އަންދާސީ ހިސާބު ބޭނުންވެއްޖެ.

       ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓުގެ ފާޚާނާއާއި ފެނުގެ ނިޒާމް، ބ.ހިތާދޫ ކައުންސިލް އިދާރާއާއި ވަކިކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދުމަށް ކުރެވުނު ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: (13 މެއި 2019) F10C-A/2019/07  އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ  01 (އެކެއް) ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

       ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 މެއި 2019 ވާ ހޯމަ ދުވަހުގެ 10:00އަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖޫން 2019 ވާ ހޯމަ ދުވަހުގެ 10:00އަށް ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

20  މެއި   2019

15 ރަމަޟާން  1440

2019-05-20