ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/1/2014/2
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 09:57
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކ. އަތޮޅު ބޮލިދުއްފަރު އަދި ވާވެއްދިފަޅު ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމަންޓަށް ބަދަލު ގެނައުން

ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް މިމިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ލ. ހަނިމާދޫއިން ކަނޑައަޅާފައިވާ ބިމާއި އަދި އެބިމުގެ ބަދަލުގައި ކުއްޔަށްދީފައިވާ ކ. އަތޮޅު ބޮލިދުއްފަރު އަދި ވާވެއްދިފަޅު ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހައި ޙައްޤުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ މި ދެންނެވި ބިމާއި އަދި ފަޅާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އަންގަވައިދެއްވުމަށް އެދި އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

11  ރަބީޢުލްއާޚިރު 1435    

11 ފެބުރުވަރީ 2014