މަސައްކަތް
ނަންބަރު: GS53/IUL/2019/11
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2019
ޕަބްލިޝްކުރި ގަޑި: 0043
ސުންގަޑި: 21 މޭ 2019 1300
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިޔަދޮވި ބަދަލްކުރުމާއި ލައިބްރަރީ އޭ.ސީ ކުރުން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލްގެ ލައިބްރަރީ އެއަރކަންޑިޝަން ކުރުމާއި ދިޔަދޮވިތައް ބަދަލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރު: GS53/IUL/2019/009 (28 އެޕްރީލް 2019) އިޢުލާނާގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 މޭ 15 އިން 2019 މޭ 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

 މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މޭ 21 އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 މޭ 2019 ވާ ބުދަ ދުވަހުގެ11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 03 ގައެވެ.

  • ބިޑް ހުޅުވުން އޮންނާނީ 26 މޭ 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީރޫމް 03 ގައެވެ.

 ނޯޓް : ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ޖަލާލުއްދީން ސްކޫލް / ހދ.ކުޅުދުއްފުށި
  • ފޯން:  6528815, 6528873
  • އީ-މެއިލް: admin@jalaluddin.edu.mv

10 ރަމަޟާން 1440

15 މޭ 2019

2019-05-15