މަސައްކަތް
ނަންބަރު: AS-B/IU/2019/44
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2019
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 21 މޭ 2019 10:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ފެނާއި ފާޚާނައިގެ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކުރުން

  1. މި ސްކޫލްގެ ފެނާއި ފާޚާނައިގެ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކޮށް، މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރ AS-B/IU/2019/42 (8 މެއި 2019) އިއުލާނަށް ހުށައެޅުނު އަންދާސީ ހިސާބުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިއުލާނު ބާތިލުކޮށް، އަލުން ބީލަން ހުށައެޅުމަށް މި މަސައްކަތަށް ޝައުޤުވެރިވާ  ފަރާތްތަކަށް ހުޅުވާލަމެވެ.

2. މިބީލަމާ ބެހޭގޮތުން މައުލޫމާތު ދިނުން 2019 މެއި 21 ވާ އަންގާރަ ދުވަހުގެ 10.00 ގައި މި ސުކޫލުގައި އޮނާނެއެވެ.

3. ބިޑް ހުށައެޅުން އޮންނާނީ 2019 މެއި 23 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

5. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 3323247 ށް ގުޅުއްވުން އެދެމެވެ.

6. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކުގެ ބިޑްތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

10 ރަމަޟާން 1440

15 މޭ 2019