ވަޒީފާގެ ފުރުޞަތު
ނަންބަރު: (A)AB-2019/179
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 22 މޭ 2019 13:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ޓެކްނިކަލް އޮފިސަރ (އެމް.އެސް 1) - ރެޖިސްޓްރޭޝަން އެންޑް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން/ ރެޖިސްޓްރޭޝަން ޔުނިޓް

 ނަންބަރު: A)AB-2019/179)

 

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ ޓެކްނިކަލް އޮފިސަރ (އެމް.އެސް 1)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން އަދި ޔުނިޓް:

ރެޖިސްޓްރޭޝަން އެންޑް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން/ ރެޖިސްޓްރޭޝަން ޔުނިޓް

އަސާސީ މުސާރަ:

މަހަކު -/5610 (ފަސް ހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000  (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/3000 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 (އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ/ މެނޭޖްމަންޓް) ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. ނުވަތަ،
  2.  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 (އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ/ މެނޭޖްމަންޓް) ގެ ސަނަދެއް ޙާޞިލްކުރުމަށްފަހު 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ
  4. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް އަދި  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  3. ޢުމުރުން  45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  6. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

މަސްއޫލިއްޔަތު:

  • ވޯޓަރސް ރަޖިސްޓަރީއަށް އެހެން މުއައްސަސާތަކުން ފޮނުވާ އިސްލާޙުތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން
  • އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، ނޯޓު ފަދަ ތަކެތި ލިޔެ ފޮނުވުން
  • ޔުނިޓަށް އަންނަ އެންޓަރީއާއި ޙަވާލުވެ، އިނީޝިއަލް ޖެހުމުން ޙަވާލުކުރުންޖެހޭ ބަޔަކާ ޙަވާލުކުރުން
  • ޔުނިޓުގެ ދުވަހު ޔައުމިއްޔާ ލިޔުން
  • ޔުނިޓުގެ ދުވަހު ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ފޮނުވުން 
  • ޔުނިޓަށް ބޭނުންވާ ތަކެތި ސްޓޮކުން ހޯދުމާ އެތަކެތި ބެލެހެއްޓުން
  • ޔުނިޓުގެ ލިޔުންތައް ފައިލް ކުރުން
  • ވޯޓަރސް ރަޖިސްޓަރީއަށް އަންނަ ބަދަލުތަކާބެހޭ މައުލޫމާތު ސަރުކާރުގެ އޮފީސްތަކާއި ރަށްރަށުގެ ކައުންސިލް އިދާރާތަކުން ގަވާއިދުން ކޮމިޝަނަށް ފޮނުވާތޯ ބަލައި ޗެކްކުރުން
  • ކައުންސިލް އިދާރާތަކުގެ ފޯކަލް ޕޮއިންޓް (ރަޖިސްޓަރީ އިސްލާޙުކުރުމުގެ މަސައްކަތްކުރާ) މެއިންޓެއިން ކުރުން
  • އިންތިޚާބަށް ވޯޓު ދިނުމުގެ ޙައްގުލިބިފައިވާ މީހުންގެ ލިސްޓް ގެޒެޓް ކުރުމުގައި އެހީތެރިވެދިނުން
  • ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ވެބްސައިޓާއި މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުކުރުމުގައި އެހީތެރިވެދިނުން
  • އިންތިޚާބަކާއި ގުޅިގެން ގެޒެޓްކުރެވިފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހެޅޭ ޝަކުވާތަށް ބަލައިގަނެ، އެއަށް ޖަވާބުދާރީވުމުގައި އެހީތެރިވެދިނުން
  • ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާމީހުންގެ ލިސްޓު ޗެކް ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން
  • އިންތިޚާބެއްގައި، ވޯޓު ފޮށީގެ ސަރަޙައްދު ކަނޑައެޅުމުން އެފޮށްޓަކަށް ވޯޓުލާނޭ މީހުންގެ ލިސްޓު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން
  • ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޕްރިންޓްކުރުމުގައި އެހީތެރިވެދިނުން
  • ޕްރިންޓް ކުރެވޭ ލިސްޓުގައި އެ ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ހުރިހާ އެންމެންގެ މަޢުލޫމާތު ހަމަޔަށް ހުރިކަން ކަށަވަރުކުރުމުގައި އެހީތެރިވެދިނުން
  • ރަށްވެހިވެފައިވާ ރަށްނޫން އެހެންތަނެއްގައި ވޯޓު ލުމަށް ރަޖިސްޓަރީ ކުރުމުގެ  މަރުހަލާ ނިމުމުން، ކޮންމެ ފޮށްޓަކަށް ވޯޓު ދިނުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ މަޢުލޫމާތު ކޯޑިނޭޝަން ޔުނިޓް އަދި ޕްލޭނިންގ ޔުނިޓަށް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން
  • އިންތިޚާބުގައި ވޯޓުލީ މީހުންގެ ލިސްޓު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • އިންތިޚާބުތަކުގެ ނަތީޖާ ތައްޔާރުކުރުމުގައި އެހީތެރިވުން
  • ތައްޔާރުކުރެވޭ ވޯކްޕްލޭންގައި ކުރުމަށް ޙަވާލުކުރެވިފައިވާ މަސައްކަތް ކުރުން
  • ޔުނިޓުގެ ކަންތައްތައް ރާވައި ބައްދަލުވުންތައް އިންތިޒާމުކުރުމާއި އަދި ބައްދަލުވުމުގެ ޔައުމިއްޔާ ލިޔުން
  • ޔުނިޓުގެ އަހަރީ ބަޖެޓް އެކުލަވާލުމުގައި އެހީތެރިވުން
  • ޔުނިޓުގެ އަހަރީ ވޯރކްޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވެދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 މެއި 2019 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އިލެކްޝަންސް ކޮމިޝަން (ޕޯޓްސް ކޮޕްލެކްސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 

ސީނިއަރ ޓެކްނިކަލް އޮފިސަރ – އެމް.އެސް 1 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތު ތަޖުރިބާ

15

އިންޓަވިޔު

35

ޢަމަލީ ޓެސްޓު

10

ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރާނީ ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

09 ރަމަޟާން 1440

14 މޭ 2019