ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)331/331/2019/25
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 20 މޭ 2019 13:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމުގެ ނިޒާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

ކ. ގާފަރު،                                                  

   ދިވެހިރާއްޖެ                                       ނަންބަރ:331/331/2019/25(IUL)

އިޢުލާން

ކުނި އުކާލުމުގެ ނިޒާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

 މަޤާމު:

 މަސައްކަތު

 ބޭނުންވާ ޢަދަދު:

01 (އެކެއް)

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 މާލެއަތޮޅު ގާފަރު

 މުސާރަ:

 މަހަކު -/4000 ރުފިޔާ

 ޢުމުރުފުރާ:

 ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދު

 މަސައްކަތު ވަގުތު

 ދުވާލަކު 6 ގަޑިއިރު، ހަފުތާއަކު 6 ދުވަހު

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- ގާފަރުގައި ރައްކާތެރި ކަމާއެކު ކުނި ނައްތާލާ ނިޒާމުގެދަށުން މާލެއަތޮޅު ގާފަރު ކައުންސިލްގެ މުވައްޒަފެއްގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

2- ރައްކާތެރި ކަމާއެކު ކުނި ނައްތާލާ ނިޒާމުގެދަށުން ގޭގެއިންނާއި އެހެނިހެން ތަންތަނުން އުކާލަން ބޭނުންވާކުނި، ކުނި ކޮށްޓަށް ނުވަތަ ކައުންސިލްގެ އިދާރާއިން އަންގާ ތަނަކަށް ގެންދިއުމުގެ މަސައްކަތުގައި ޕިކަޕްގައި މަސައްކަތް ކުރުން

3- ކުނި ނައްތާލާ ނިޒާމުގައި ހަރަކާތްތެރިވާ އެހެން މުވައްޒަފުންގެ ސްޕަވައިޒަރެއްގެ ގޮތުން މަސައްކަތް ކުރުން

4- ރަށުގެ ކުރިއެރުމަށް ކައުންސިލް އިން ކުރާ އެހެނިހެން މަސައްކަތްތަކުގައި، ޕިކަޕް ބޭނުންކުރަންޖެހޭ ހާލަތު ތަކުގައި އަމަލީގޮތުން ބައިވެރިވުން

 

 މަޤާމުގެ ޝަރުތުތައް:

1.      ލިޔަންކިޔަން ދަތުން

2.      ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން

 ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ސިޓީ

 2. ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ

 3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

 ވަޒީފާގެ ބާވަތް

  •  10 މަހުގެ ކޮންޓްރެކްޓް (ވަޒީފާއަށް ރަނގަޅުނަމަ ކޮންޓްރެކްޓް އާކުރެވޭނެ)

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 މެއި 2019 ގެ 13:00 ގެ ކުރިން، މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް [email protected] ނުވަތަ [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި    އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،    އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 އިންޓަވިއު އޮންނާނެ ތަނާއި،   މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ، 21 މެއި 2019 އާއި  23 މެއި 2019 އާ ދެމެދު، މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާގައެވެ. 

 އިތުރު މަޢުލޫމާތު:

 އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6641941 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] ނުވަތަ [email protected]  އަށެވެ.

12 މޭ 2019