މަސައްކަތް
ނަންބަރު: (IUL)MUH-01/1/2019/39
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 15 މޭ 2019 11:00
މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ ކެންޓީން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 19 މޭ 2019 12:51 ގައި ބާތިލް ކުރެވިފައެވެ.


`

 

މުޙްޔިއްދީން ސްކޫލް

 

     މާލެ،

   ދިވެހިރާއްޖެ.

                                         އިޢުލާން ނަންބަރ: (IUL)MUH-01/1/2019/39

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގެ ކެންޓީން ހިންގައި ބަލަހައްޓައިދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019މެއި 13 އިން 2019 މެއި 14 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019މެއި 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019މެއި 15 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 2019 މެއި 22 ވާ ބުދަދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙްޔިއްދީން ސްކޫލް

މާލެ

ފޯން: 7552792

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

 

07 ރަމަޟާން 1440

12 މެއި    2019

12 މޭ 2019