ނޫސްބަޔާން
ނަންބަރު: BBAM-N/2019/001
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 1316
ސުންގަޑި: 28 އޭޕްރިލް 2019 1400
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް "މިސްޓަރ މޯލްޑިވްސް 2019" ޝޯ ވީޑިއޯ ކުރުން އަދި ފޮޓޯ ނެގުން.

ނޫސް ބަޔާން

ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް "މިސްޓަރ މޯލްޑިވްސް 2019" ޝޯ ވީޑިއޯ ކުރުން އަދި ފޮޓޯ ނެގުން.

          ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް "މިސްޓަރ މޯލްޑިވްސް 2019" ޝޯ ގެ ވީޑިއޯ އަދި ފޮޓޯގްރަފީ ގެ އެކްސްކުލޫސިވް ރައިޓް ދެވިފައިވަނީ، އައިސް ޓީވީ އަދި ހާފްކޯޓް މޯލްޑިވްސް އަށެވެ.

         ބުނެވިދިޔަ މުބާރާތުގެ ޝޯ ކުރިޔަށްދާ ވަގުތު ގައި، ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ހުއްދަ ދެވެންނެއްވާހަކަ އެންގީމެވެ. ނަމަވެސް އޮންލައި ޙަބަރުތަށް ގެނެސްދޭ ފަރާތްތަކާއި، އަދި ޕަބްލިކް ބްރޯޑްކާސްޓަރުން ގެނެސްދޭ ޙަބަރު ތަކުގައި ބޭނުންކުރާ މިންވަރަށް ވީޑިއޯ އަދި ޕޮޓޯ ނެގުމުގެ ހުއްދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވާ އޮންލައިން ނޫސްތަކާއި، ޕަބްލިކް ބްރޯޑްކާސްޓަރުން މިކަމަށް އެދި ، 2019 އެޕްރީލް 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަނުގައި ރަޖިސްޓަރީ ކުރުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދުމަށް ގުޅާނީ 7812226 ނަންބަރު ފޯނާއެވެ.

 

2019-04-25