ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)233-CA/233/2019/8
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 25 އޭޕްރިލް 2019 13:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް:

J-307814

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް.އެސް 3

މަޤާމުގެ ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / އއ.ރަސްދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު، -/7,035 ރުފިޔާ.

މުސާރަ:

މަހަކު، -/2,000 ރުފިޔާ.

ސަރވިސް އެލެވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އެހެނިހެން އެލަވަންސް:

  1. ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތު ޓާގެޓް ކަނޑައަޅައި މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ރިވިއުކުރުން.
  2. ކައުންސިލް އިދާރާގެ ފައިސާއާބެހޭ ކަންކަން ހިނގަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އުސޫލުތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުވުން.
  3. ދައުލަތުގެ ޢާންމުދަނީގެ ގޮތުގައި ކައުންސިލް އިދާރާއަށް ދައްކާފައިސާ ބަލައިގަތުމާއި ކަނޑައެޅިފައިވާ ތާރީޚުތަކަށް ފައިސާ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުމާއި ހިސާބުތައް ލިޔެ ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  4. ކައުންސިލުގެ ޢާންމުދަނީގެ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި، ހިސާބުތަކުގެ ތަފްޞީލް ކައުންސިލާ ހިއްސާކުރުން.
  5. ޗެކްރަޖިސްޓްރީ/ވައުޗަރރަޖިސްޓްރީ/ބިލްރަޖިސްޓްރީ/ފައިސާ ލިބޭކަންކަމުގެ ދަފްތަރު/ލިބޭ ފައިސާގެ ދުވަހު ފޮތް އަދި މިނޫންވެސް ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް އަޕްޑޭޓްކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  6. ކައުންސިލްގެ އިދާރީ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި، ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުމާއި ބަޖެޓް ފާސްކުރުމުން އެލް.ޖީ.އޭއަށް ފޮނުވުން.
  7. ކައުންސިލުގެ އެކައުންޓްތައް ބެލެހެއްޓުމާއި، ހިސާބު ތައްޔާރު ކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި، އެކައުންޓްތަކުގެ ތަފްޞީލް ކައުންސިލަށް ހިއްސާކުރުން.
  8. ކައުންސިލްގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ ހިސާބާއި، ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  9. އޮޑިޓްކުރުމާއި، އޮޑިޓްތަކުން ފާހަގަކުރެވޭ ކަންކަން އިސްލާޙުކުރުމާއި، ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުގެ މަސައްކަތް ތަރައްޤީކޮށް ޒަމާނީކޮށް ހަލުވި ކުރުމަށް ބޭނުންވާ ކަންކަން އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުން.
  10. ކައުންސިލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ބަޖެޓަށް ބަދަލުގެންނަން ތައްޔާރުކުރަންޖެހޭ ލިޔެކިޔުން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  11. ކައުންސިލުގެ މާލީ ބަޔާން ތައްޔާރު ކުރުމާއި، ކައުންސިލް މެމްބަރުންގެ މާލީ ހިސާބުތައް ފޮނުވުމާ ގުޅޭ ކަންކަން ހިންގާ ބެލެހެއްޓުން.
  12. ޔުނިޓުގެ މުވައްޒަފުންގެ ތެރެއިން، މަސައްކަތުގެ އަޚްލާޤް ދައްވާ މުވައްޒަފުންނަށް މަގުދައްކައިދިނުމާއި، އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންގެ މަޢުލޫމާތު ޒިންމާދާރުވެރިޔާއަށް ފޮނުވުން.
  13. ކައުންސިލްގެ މުދަލާއި، އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މާލީ އެންމެހައި ވަޞީލަތްތައް ބެލެހެއްޓުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.
  14. ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލައި ޕީ.އޭ ފޯމް ފުރުން.
  15. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (އެކައުންޓިންގ / ފައިނޭންސް)   ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ފައިނޭންސް / އެކައުންޓިންގ) މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ  ލިބިފައިވުން.

ނުވަތަ،

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (އެކައުންޓިންގ / ފައިނޭންސް)   ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ފައިނޭންސް / އެކައުންޓިންގ) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ  ލިބިފައިވުން.

ނުވަތަ،

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (އެކައުންޓިންގ / ފައިނޭންސް)   ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ތަޢުލީމާއި، ތަމްރީނު: 35%

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން: 5%

މަސައްކަތު ތަޖުރިބާ:  15%

އިންޓަރވިއު / ލިބިފައިވާ ހުނަރު: 45%

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް އައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، 55% (ފަންސާސްފަހެއް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެ އެވެ. 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2019 އޭޕްރީލް 25 ވަނަ ދުވަހުގެ 13:00ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ އެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޭޕްރީލް 28 އާއި، 2019 މެއި 05 އާ ދެމެދު، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގަ އެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660606 އަށެވެ. އެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.

16 އޭޕްރިލް 2019