ޢާންމު މަޢުލޫމާތު
ނަންބަރު: GS55/IU/2019/05
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 25 އޭޕްރިލް 2019 09:30
ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ކިނބިދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ކިނބިދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ދެފަހަރު އިޢުލާން ކޮށް (އިޢުލާން ނަމްބަރު: GS55/IU/2019/02 (27 މާރޗް 2019) އާއި އިޢުލާން ނަމްބަރު: GS55/IU/2019/04 (10 އޭޕްރީލް 2019)) އެއްވެސް ފަރާތަކުން ސަޢުގުވެރިކަން ފާޅުކޮށްފައި ނުވާތީ 01 މެއި 2019 އިން މީލާދީ 1 އަހަރު ދުވަހަށް، މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:30 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއް ވުމަށްފަހު 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އަށް މިސްކޫލަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:35 ގައި، އެސްޓިމޭޓް ހުށަހެޅި ފަތާތްތަކުގެ ހާޟިރުގައެވެ. އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވާންވާނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.  އަދި މައުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6780095 އާއި ގުޅުއްވުން އެދެމެވެ.

11 ޝަޢުބާން 1440

16 އޭޕްރީލް 2019

16 އޭޕްރިލް 2019