ދިވެހިރާއްޖެ
މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން
1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ގެ ނިޔަލަށް މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.
- ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލުން
- ނަމަވެސް 9:00 އިން ފެށިގެން 15:00 އަށް ފެނާއި ކައްކާ ގޭސް ގެންދާނަމަ، 350kg އަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި އުފުލުން
- ހަވީރު 15:00 އިން ފެށިގެން 21:00 އާއިދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާކަމެކެވެ.
- ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުން (މި ވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންނެވެ.) އަދި ބުރިޖުމަތީގައި އެއްވެސް ބާވަތެއްގެ ހެވީ ވެހިކަލްއެއް އެއްވެސް ގަޑިއެއްގައި ދުއްވުމަކީ މަނާކަމެކެވެ.
ވީމާ، ހުރިހާ ފަރާތްތަކުންވެސް ރަމަޟާން މަހުގައި މިދެންނެވި ގޮތަށް އަމަލުކުރުމަށް އަންގާ އިޢުލާނުކުރީމެވެ.
10 ޝައުބާން 1440
15 އޭޕްރީލް 2019
ދިވެހިސަރުކާރުގެ ގެޒެޓް
މާލެ، ދިވެހިރާއްޖެ