މަސައްކަތް
ނަންބަރު: (IUL)426-AA/426/2019/108
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 18 އޭޕްރިލް 2019 12:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރަދޫ އަވަށު ވެންބޮޅަފިށި ސްޓޭޑިއަމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީ މަރަދޫ އަވަށު ވެންބޮޅަފިށި ސްޓޭޑިއަމް މަރާމާތުކޮށް، ޗޭންޖިންގ ރޫމްގައި ހުރި  03 ފާހާނާ މަރާމާތުކޮށް ކުޑަދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AA/426/2019/76އިޢުލާން ބާތިލްކޮށް މި މަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2019 އެޕްރީލް 14 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2019 އެޕްރީލް 18 ވާ ބުރާސްފަތިވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި، ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 އެޕްރިލް 23 ވާ އަންގާރަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި ހުޅުދޫ އަވަށު އޮފީސް އަދި މީދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 އެޕްރީލް 14 ވާ އާދީއްތަ ދުވަހުން ފެށިގެން 2019 އެޕްރީލް 21 ވާ އާދީއްތަ ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 އެޕްރީލް 21 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

09 ޝަޢުބާން 1440 

14 އޭޕްރިލް 2019