ދިވެހިރާއްޖެ
އިޢުލާން
ކޮޅުމަޑުލު ބުރުނިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން
ބިމާބެހޭ ޤާނޫނު ( ޤާނޫނު ނަމްބަރ 2002/01 ) ގެ 12 ވަނަ މާއްދާއާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ "ދިރިއުޅުމަށްޓަކައި، ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން ދިރިއުޅުމަށްޓަކައި މިރަށުން 2000 އަކަފޫޓުގެ 51 ގޯތި ދޫކުރުމަށް ކައުންސިލްގެ ނަމްބަރ 1/2019 ބައްދަލުވުމުން ވަނީ ނިންމަވާފައެވެ. މި 51 ގޯތި ހިމެނޭ ސަރަހައްދުގެ ޗާޓު މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.
ވީމާ، މިޢުލާނުގައި ދަންނަވާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދޭފޯމް ނަންގަވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ރަނގަޅަށް ފޯމު ފުރިހަމަ ނުކުރައްވަވާ ފަރާތްތަކުގެ ފޯމު ބާޠިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ފޯމް ދޫކުރުމަށް ހަމަޖެހިފައިވާ ތާރީޚާއި ވަގުތު
09 އޭޕްރީލް 2019 އިން ފެށިގެން 30 އޭޕްރީލް 2019 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 13:00 އާ ދެމެދު މިއިދާރާގައެވެ.
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚާއި ވަގުތު
02 މެއި 2019 އިން 20 މެއި 2019 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރުފަހު 13:00 އަށެވެ. ފެކްސް އަދި އީމެއިލްގެ ޒަރީޢާއިން ފޮނުވާ ފޯމް ބަލައެއް ނުގަނެވޭނެއެވެ.
ދިރިއުޅުމަށް އަލަށް ގޯތިނަގާ މީހުންގެ ހުންނަންވާ ޝަރުތުތައް:
1. ދިވެހި ރައްޔިތެއް ކަމުގައިވުން.
2. ޢުމުރުން 18 އަހަރު ފުރިފައިވުން.
3. ބަންޑާރަގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.
4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭމުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން. ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް މިޤަވައިދާ އެއްގޮގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.
5. ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
6. އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
7. ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ، އެ ގޯއްޗާމެދު ޢަމަލުކޮށްފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކޮށް، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތިނުނެގޭނެ ގޮތެއް ބަލާ، އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް، "ދިރިއުޅުމަށްޓަކައި، ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދު" ގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން.
* މި ޝަރުތުތަކުގެ (4) އަދި (5) ގައިވާ ގޮތަށް ގޯތި ނުވަތަ ފުލެޓް ދޫކޮށްލުމުން އަލަށް ނަގާ ގޯތި އެފަރާތަށް ރަޖިސްޓްރީކޮށްދެވޭނީ، ދޫކޮށްލިގޯތީގެ ނުވަތަ ފްލެޓްގެ ރަޖިސްޓްރީން އެމީހެއްގެ ނަން އުނިކޮށް އުނިކުރިކަން އެނގޭނެ ރަޖިސްޓްރީގެ ކޮޕީއެއް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުމުންނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ރަޖަބު 1440
04 އެޕްރީލް 2019