ދިވެހިރާއްޖެ
ނަމްބަރ: (IUL)248-CAFA/248/2019/29
އިޢުލާން
ނަރުދަމާ ގުޅުމާއި ބެހޭ
މިއިދާރާއާއި، މިސްކިތްތަކާއި މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ޢިމާރާތްތަކުގެ ޖަންކުޝަންތަކާއި ނަރުދަމާ ހޮޅި ލައިނާއި ގުޅަން ބޭނުން ވެގެން ކުރި މިއިދާރާގެ ނަމްބަރ (IUL)248-CAFA/248/2019/12 ( 22 ޖަނަވަރީ 2019 ) ގެ އިއުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައި ނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އެޕްރީލް 2019 ވާ ބުދަ ދުވަހުގެ 13:45 ގެ ކުރިން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 15 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 11:45 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް ނަރުދަމާގެ ޚިދުމަތް ގުޅާއި ދިނުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
28 ރަޖަބު 1440
04 އެޕްރީލް 2019