ދިވެހިރާއްޖެ
އިޢުލާން
އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރޭޝަންއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެރިފައި ކުރުމާއި،އެޕްރޫވް ކުރުމާއި ބެހޭ
ދިވެހިރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތްތެރީން ގެނައުމަށް އެކްސްޕެޓް އޮންލައިން މެދުވެރިކޮށް މޯލްޑިވްސް އިމިގްރޭޝަން އިން ކުރަމުން ދިޔަ މަސައްކަތްތަކުގެ ތެރެއިން، އޮންލައިން އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީ ކުރުމާއި، ކޯޓާ ދޫކުރުމާއި، އެމްޕްލޯމަންޓް އެޕްރޫވަލް ދިނުމާއި، ޑިޕޮސިޓް ބަލައިގަތުމާއި އަދި ޑިޕޮސިޓް ރިފަންޑްގެ ޚިދުމަތްތައް މި މިނިސްޓްރީގެ ދަށަށް 24 މާރިޗް 2019 އިން ފެށިގެން ބަދަލުވުމާއި ގުޅިގެން އެކްސްޕެޓް އޮންލައިން ސިސްޓަމްގައި އޮންލައިން ރެޖިސްޓްރޭޝަން ހެދުމަށް، މި މިނިސްޓްރީއާ ހަވާލުވި ދުވަހާ ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުން 3 އެޕްރީލް 2019 އިން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ވެރިފިކޭޝަން ހެދުމަށް ވަޑައިގެންނެވުމަށް ދަންނަވަމެވެ.
އަދި، ވެރިފިކޭޝަން އަށް ވަޑައިގަންނަވާއިރު ވެރިފިކޭޝަން ހެދުމަށް ބޭނުންވާނެ ލިޔެކިޔުންތައް ހުށަހެޅުއްވުމަށް މި މިނިސްޓްރީގެ ހުރަވީ ބިލްޑިންގެ 3 ވަނަ ފަންގިފިލާ އަށް ވަޑައިގެންނެވުމަށް ދަންނަވަމެވެ.
...........................