މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

މަޤާމު:

އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

މަޤާމުގެ ނަންބަރު:

J-307162, J-307163, J-307166, J-307167, J-307168,              J-307169,  J-307170, J-307171, J-307172, J-307173,              J-307174, J-307175, J-307176, J-307177

ބޭނުންވާ އަދަދު:

14

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CS2

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރުން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސް ތަކުގައި ދައުރުވާ ގޮތަށް (އިމިގްރޭޝަން އިން އެވަގުތެއްގައި ކަނޑައަޅާ ސެކްޝަނެއްގައި)

މުސާރަ:

-/6500ރ

ސަރވިސް އެލަވަންސް:

1500/-ރ

ސްޕެޝަލް ސަރވިސް އެލަވަންސް

މުސާރައިގެ %35 (ވަޒީފާ ދާއިމީ ވުމުން)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

  • ރާއްޖޭގެ ބަނދަރުތަކުން އެތެރެވެ ބޭރުވާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުން
  • އިމިގްރޭޝަން ކްލިއަރެންސް ދިނުމަށް ކަނޑު ބޯޓްފަހަރުތަކަށް ދިއުން
  • ބިދޭސީން ރާއްޖޭގައި ތިބުމަށް އެކިއެކި ވީޒާ ދޫކުރުމުގެ އެޑްމިސްޓްރޭޓިވް މަސައްކަތްތައްކުރުން
  • ދިވެހިރަތްޔިތުންނަށް ޕާސްޕޯރޓް އަދި ޓްރެވަލް ޑޮކިއުމަންޓްގެ ޚިދުމަތްދިނުމުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން
  • އެއަރޕޯރޓްތަކުގައި އަދި ހެޑްއޮފީހުގައި ކައުންޓަރ މަސައްކަތްކުރުން އެހެނިހެން އިދާރީ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  • 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކްނަޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސްވެފައިވުން.
  • އުމުރުން 25  އަހަރު ( އިޢުލާން މުއްދަތު ހަމަވާއިރު ) ފުރިފައިނުވުން.

އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްޚީ ޤާބިލްކަން ލިބިފައިވުން ( އިންޓަވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންވާނެއެވެ.)

ނޯޓް: މި މަޤާމަށް ހޮވާ މުވައްޒަފު މި މަޤާމުގައި ބެހެއްޓޭނީ ގިނަވެގެން 8 މަސްދުވަހަށެވެ. މި މުއްދަތުގައި ބޭސިކް ޓެރިއިނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަށް، އިމިގްރޭޝަން އެސޯސިއެޓް ޕްރޮފެޝަނަލްސް ގްރޫޕުގެ ޝަރުތު ހަމަވާ ރޭންކެއްގެ ފުރަތަމަ ގްރޭޑަށް ކުރިއެރުން ދެވޭނެއެވެ. އަދި މި މުއްދަތުގައި ބޭސިކް ޓްރޭނިންގ ފުރިހަމަ ނުވާ ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެއެވެ.

ނޯޓް: އިމިގްރޭޝަން އޮފިސަރ ޓްރޭނީ މަޤާމަށް ވުރެ މަތީ ރޭއްކުތަކުގެ ތެރެއިން ރޭންކަކަށް އެ އޮނިގަންޑުގައި ކަނޑައަޅާފައިވާ ތަޢުލީމީ ޝަރުތު ފުރިހަމަވާނަމަ އިމިގްރޭޝަން އޮފިސަރ ޓްރޭނީގެ މަޤާމަށް ޝަރުތު ހަމަކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

  • ކަނޑުދަތުރުކުރެވޭ އަދި ފަތަން ދަންނަ ފަރާތަކަށްވުން
  • އަތޮޅުތަކުގައި ހެދިފައިވާ އިމިގްރޭޝަން އޮފީސްތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ކަނޑުބޯޓު ފަހަރަށް އަރާ ފޭބޭ ފަރާތެއްކަމުގައިވުން
  • ސިއްޙީ ގޮތުން މިފަދަ މަސައްކަތެއް ކުރެވޭނެ ފަރާތަކަށްވުން (އިންޓަވިއުއިން ފާސްވެ

ވަޒީފާ ހަވާލުކުރުމުގެ ކުރިން މެޑިކަލް ޗެކަޕެއް ހަދަން ޖެހޭނެއެވެ)

  • ޔުނީފޯމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތްކުރެވޭ ފަރާތަކަށްވުން

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ ތަން އަދި މުއްދަތު

މިމަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަވިއު 22 އޭޕްރީލް އިން 02 މޭ 2019 އާއި ދެމެދު މާލޭގައި  (މިއިދާރާގައި) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އަދި އިމްތިހާން ކުރުން ކުރިއަށް ގެންދަވާނީ މިއިދާރާއިން އިން ކަނޑައަޅާ (މަދުވެގެން 3) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ.

މަގާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 14 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް އިމިގްރޭޝަން (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. އިމިގްރޭޝަން އޮފިސަރ ޓްރޭނީ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މިއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުން www.immigration.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. އިމިގްރޭޝަން އޮފިސަރ ޓްރޭނީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، މުއްދަތު ހަމަނުވާ ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
  5. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް  އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

ސްކްރީނިން

  • އިޢުލާންގައި ހުށަޖަޅަންޖެހޭ ލިޔުންތައް މިބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން
  • އިޢުލާން މުއްދަތު ހަމަވާ ތާރީހަށް އުމުރުން 25 އަހަރު ވެފައި ނުވުން.
  • މަޤާމުގެ އަސާސީ ޝަރުތައްވާ ތަޢުލީމީ ފެންވަރު ހަމަވުން.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވުން. (އެޕްލިކޭޝަން ފޯމް، ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކާއި އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިއްމު ލިޔެކިޔުންތައް)
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.

އިންޓަވިއު ކުރުން

 

ޝޯޓް ލިސްޓް ކުރުން ގެންދާނީ 3 މަރުހަލާއަކަށް ބަހާލެވިގެންނެވެ.

*ފުރަތަމަ މަރުހަލާ : އަސާސީ ޝަރުތުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓްތަކަށް މަރކްސް ދިނުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން %33 (ތިރީސްތިން އިންސައްތަ) ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި  އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެކަނިއެވެ.

*ދެވަނަ މަރުހަލާ : ޕްރިލިމިނަރީ އިންޓަވިއު

މި އިންޓަވިއުގައި އަސާސީ ޝަރުތު ހަމަވެފައިވާ ފަރާތަށް މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތަކާއި ގުޅޭ އާންމު މަޢުލޫމާތު އަދި އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކަށް ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ދެވޭ އިމްތިހާން އަދި ސައިކޯމެޓްރިކް ޓެސްޓް ދެވޭނެއެވެ. (މިއިދާރާގެ  މަސައްކަތްތަކާއި އަދި އިމިގްރޭޝަންގެ ޤާނޫނާއި ޤަވާއިދުތަކުގެ މަޢުލޫމާތު މި އިދާރާ ގެ ވެބްސައިޓް www.immigration.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

*ތިންވަނަ މަރުހަލާ : ފައިނަލް އިންޓަވިއު

ފައިނަލް އިންޓަވިއުއަށް ހޮވޭނީ ޕްރިލިމިނަރީ އިންޓްވިއު އިން އެންމެ މަތިން މާރކްސް ލިބޭ، އިއްލާން ކުރި އަދަދުގެ ތިން ގުނަ އަދަދަށެވެ.މި އިންޓަވިއުގައި ލޯ އެންފޯސްމަންޓާއި އިމިގްރޭޝަން އާއި ގުޅުން ހުރި ދާއިރާތަކުން ހޯދައިފައިވާ ސެޓްފިކެޓް ތަކަށާއި ކުރު މުއްދަތުގެ ތަމްރީން ތަކަށް މާރކްސް ދެވޭނެއެވެ.ވަޒީފާ އަށް ހޮވޭނީ ފައިނަލް އިންޓަވިއުއިން މަދުވެގެން %45 (ސާޅިސް ފަހެއް) އިން ސައްތަ ލިބޭ ފަރާތްތަކެވެ.

ނޯޓް: އިންޓަވިއު އަށް ހާޒިރުވާއިރު ލިބިފައިވާ ތުއުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މިއޮފީހުގެ 3330410 އަދި 3330411 ނަންބަރު ފޯނުން މައުލޫމާތު ސާފުވާނެއެވެ.

03 އޭޕްރިލް 2019
ހޯދާ