ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބައެއް ބްރާންޗަށް ބޭނުންވާ ޓްރާންސްފޯމަރސް އާއި އޭސީބީ ބްރޭކަރ ގަތުމާއި ގުޅޭ:

ނަންބަރ:FNK-I/IUL/2019/076

 

އިޢުލާން

މި ކުންފުނީގެ ބައެއް ބްރާންޗަށް ބޭނުންވާ ޓްރާންސްފޯމަރސް އާއި އޭސީބީ ބްރޭކަރ ގަތުމާއި ގުޅޭ:

މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތައް މިކުންފުނީގެ ބައެއް ބްރާންޗްތަކަށް ޓްރާންސްފޯމަރސް ގަންނަން ކުރެވުނު ނަންބަރ: FNK-I/IUL/2019/076 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެ ފުރުޝަތު މިކަމަށް ސައުގުރިވެލައްވާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ތަކެއްޗަށް އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވެމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އެޕްރީލް 2019  ވާ އަންގާރަ ދުވަހުގެ 12:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އެޕްރީލް 2019 ވާ ބުދަ ދުވަހުގެ 12:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.

 މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000.00 ޔޫ.އެސް.ޑޮލަރު (ފަނަރަ ހާސް ޔޫ.އެސް.ޑޮލަރު) ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ގޮތުގައި ހުށަހަޅަންވާނީ އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ، ޗެކް ނުވަތަ މޯލްޑިވްސް މަނިއްޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ރަޖިސްޓްރީކޮށްފައިވާ އިންސްރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންސްރެންސް ޕޮލިސީގެ އޮރިޖިނަލްއެެވެ. ޗެކް ވާންވާނީ ބެންްކް ގެރެންޓެޑް ސްޓޭޕް ޖެހިފައިވާ ޗެކަކަށެވެ. އަދި ބިޑް ސެކިޔުރިޓީ ހުށަހަޅަންވާނީ އަންދާސީ ހިސާބު ހުށައަޅާ ކުންފުނީގެ ނަމުގައެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.

 

ދުވަސް

ވަގުތު

މަޢުލޫމާތު ދިނުން

09 އެޕްރީލް 2019 ގައި

12:30

އަގު ހުށަހެޅުން

17 އެޕްރީލް 2019 ގައި

12:30

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ބިޑް ސެކިޔުރިޓީ އޮރިޖިނަލް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބް އަދި  ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގެ ސެކްޝަން ( c ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކްޓްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

              26 ރަޖަބު  1440

             02 އެޕްރީލް  2019

02 އޭޕްރިލް 2019
ހޯދާ