ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
މަޢުނަވީ ތަރިކަ އާއި ބެހޭ ގޮތުން ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް ސައިންޓިފިކް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އާއި ގުޅިގެން ހިންގާ މަސައްކަތު ބައްދަލުވުން.

ޔުނެސްކޯއިން 2003 ގައި ތައާރަފުކޮށްފައިވާ މަޢުނަވީ ތަރިކަ ކޮންވެންޝަނަށް އަމަލުކުރަން ފެށުމަށް ކުރަންޖެހޭ ކަންކަންކުރުމަށް މި އޭޕްރީލް މަހު މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މައުނަވީ ތަރިކައިގެ ލިސްޓެއް ގާއިމުކުރާނެ ގޮތާއި، މައުނަވީ ތަރިކަ ދަފްތަރުކޮށް ކިތާބަ ކުރާނެގޮތުގެ ފަންނީ މައުލޫމާތު ހިއްސާކުރުމަށް ޔުނެސްކޯ ނިއު ދިއްލީ ކަލްޗަރ ޔުނިޓް ސެކްޝަންގެ ފަރާތުން ވަނީ 28 އޭޕްރިލް 2019 އިން 01 މެއި 2019 ގައި ރާއްޖޭގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެވެ.

މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ ޑރ. ޝުބާ ޗޯދްރީ، އެސޯސިއޭޓް ޑިރެކްޓަރ ޖެނެރަލް، އާރކައިވްސް އެންޑް ރިސާރޗް ސެންޓަރ ފޮރ އެތްނިމިއުޒިއޮލޮޖީ، އެމެރިކަން އިންސްޓިޓިއުޓް އޮފް އިންޑިއަން ސްޓަޑީޒް، ނިއު ދިއްލީ އެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތަތަކުގެ ވަނަވަރާއި ޖަމުއިއްޔާ، ޖަމާއަތެއް ނުވަތަ ކުންފުންޏެއްނަމަ ޕްރޮފައިލެއް 8 އޭޕްރިލް 2019 ގެ 14:00 ގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯދުމަށް 3340125 ފޯނަށް ގުޅުއްވުން އެދެމެވެ.

02 އޭޕްރިލް 2019
ހޯދާ