ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް (ދާއިމީ)

           ވަޒީފާގެ ފުރުޞަތު               ނަންބަރ: GS43-A/2019/19

މަޤާމު:

އޮފީސް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-228571

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ  ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގރ 2   

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޝަރަފުއްދީން ސްކޫލް / އައްޑޫ ސިޓީ، ދިވެހިރާއްޖެ

މުސާރަ:

3470.00 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް: 1200.00ރުފިޔާ (މަހަކު)

އިތުރު އިނާޔަތްތައް:

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީސްތެރެ ކުނިކަހާ ފޮޅާ ސާފުކުރުން. މީގެ ތެރޭގައި އޮފީހުގެ ހުރިހާ ކުނިވަށިގަނޑުތަކާއި، އޮފީސްތެރޭގައި ހުންނަ ކުނިތައް ސާފުކުރުންވެސް ހިމެނެއެވެ.
  2. ރަސްމީ ކޮންމެ ދުވަހަކު އޮފީހުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  3. އޮފީހުގެ ދޮރާށި ސަރަހައްދުގެ ދޮރާއި ދޮރުކަނިތަކުގެ ބިއްލޫރިތައް އަދި އެތެރޭގެ ދޮރުތަކުގެ ބިއްލޫރި ރީތިކޮށް ސާފުކޮށް ބެލެހެއްޓުން .
  4. އޮފީހުގެ ފާހަނާތަކުގައި ބޭނުންކުރާ ތަކެތި ހުސްނުވާނެ ނިޒާމެއްގެ ދަށުން ސްޕަވައިޒަރު މެދުވެރިކޮށް ހޯދައި، އެފަދަތަކެތި އަބަދުވެސް ފާހަނާތެރޭގައި ހުސްނު ވެ ހުންނަކަން ޔަޤީންކުރުން.
  5. ރަސްމީ ކޮންމެ ދުވަހަކު ވާކް ސްޓޭޝަންތައް ސާފުކޮށް ބެލެހެއްޓުން.
  6. ރަސްމީ ކޮންމެ ދުވަހަކު އޮފީހުގެ ޖަލްސާކުރާ މާލަންތަކާއި ތަމްރީނުދޭ ކޮޓަރިތައް އަދި އެހެނިހެން ތަންތަން ފޮޅައި ސާފުކޮށް، އިންތިޒާމުކޮށް ބެލެހެއްޓުން .
  7. ތަމްރީނު ޕްރޮގްރާމްތަކާއި، ޖަލްސާ ސެމިނަރފަދަ ހަރަކާތްތަކަށް ސައި/ކޮފީ ތައްޔާރުކުރުން.
  8. ތަމްރީނު ޕްރޮގްރާމްތަކާއި، ޖަލްސާ ސެމިނަރފަދަ ހަރަކާތްތަކަށް ސައި/ކޮފީ ތައްޔާރުކުރުމަށް ބޭނުންވާ ތަށި ސަމްސާ ދޮވެ، ސައި/ކޮފީ ތައްޔާރުކުރުމަށް ހޫނު ފެން ލިބޭނެ އިންތިޒާމާއި އެކަމަށް ހަމަޖައްސަންޖެހޭ އެހިނިހެން އިންތިޒާމްތައް ހަމަޖެއްސުން.
  9. އޮފީހުގެ މުވައްޒަފުން ރަސްމީގަޑީގައި ބޭނުންވާ ކަންތައްތަކުގައި އެހީތެރިވެދިނުން.
  10. އޮފީހަށް ގެންނަން ބޭނުންވާ ތަކެއްޗާއި ގެންދަންޖެހޭ ތަކެތި ގެނައުމާއި ގެންގޮސްދިނިން.
  11. ސްކޫލްގެ އިދާރާއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  12. ސްކޫލްގެެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  13. ސްކޫލުން ނެރޭ ދެންނެވުން/އިޢުލާން ފަދަ ތަކެތި އާންމު ތަންތަނުގައި ބެހެއްޓުން.
  14. ޕޯސްޓްކުރަންޖެހޭ ތަކެތި ޕޯސްޓްކުރުމާއި، އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ސިޓީއާއި ލިޔުންތައް ހަވާލުކުރުން.
  15. އެކިއެކި ބޭނުންތަކަށް ސްކޫލަށް ގެންނަންޖެހޭ މީހުންނަށް އެކަންއެންގުން.
  16. ސްކޫލްގެ ފަރާތުން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ހަވާލުކުރުން.
  17. އޮފީސް ތަރުތީބުކޮށް ސާފުކޮށް ބެލެހެއްޓުން.
  18. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.

މަޤމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން އެނގުން.

ނުވަތަ

 2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް / ހުއްދައެއް / ހާޞިލްކޮށްފައިވުން.

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން(www.csc.gov.mv)  އަދި  ޝަރަފުއްދީން ސްކޫލް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ :

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

  1. ތަޢުލީމަށް ލިބިފައިވާ މިންވަރު
  2. ތަމްރީނަށް ލިބިފައިވާ މިންވަރު
  3. ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ލިބިފައިވާ މިންވަރު
  4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް ބެލުމަށް އިންޓަރވިއު ކޮށްގެން.
  5. މެރިޓް އުސޫލުން އެންމެ މަތީ މަރކްސް ލިބޭ ފަރާތް

ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާނީ 11 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޝަރފުއްދީން ސްކޫލްގެ އޮފީހަށެވެ. ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު  (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 އޭޕްރިލް 2019 އާއި 15 އޭޕްރިލް 2019 އާއި ދެމެދުގެ ތާރީޚެއްގައި ޝަރަފުއްދީން ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން :

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

35%

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6887030 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.


                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

                        25  ރަޖަބް   1440

                        02  އޭޕްރިލް  2019

02 އޭޕްރިލް 2019
ހޯދާ