ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައި ދޭނެ ތިން ފަރާތެއް ހޯދުން

އިއުލާން

 

އަންދާސީ ހިސާބު ހުށައެޅުމުގެ ދައުވަތު

 

           މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް -/4100 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ގޮތަށް   އެއް އަހަރު ދުވަހަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ތިން ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

           ވީމާ،  މިކަމަށް  ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ  11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު އައިޑީކާޑުގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާރޑް ގެންނެވުން އެދެމެވެ.

             ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

                                       26 ރަޖަބު     1440    

                                     02    އޭޕްރީލް     2019    

02 އޭޕްރިލް 2019
ހޯދާ