ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ގދ.މަޑަވެލީގައި ޢިމާރާތްކޮށްފައިވާ 22 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

ޢިއުލާން

 

ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ގދ.މަޑަވެލީގައި ޢިމާރާތްކޮށްފައިވާ 22 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު 11 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހަށް އިތުރުކޮށް ހުޅުވާލަމެވެ.

ހައުސިންގ ޔުނިޓްތަކަށް އެދިލައްވާ ފަރާތްތަކުން، ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00 އިން 13:00 އަށެވެ.

ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި ޝަރުތު މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާނެއެވެ. މިއިދާރާއިން ފޯމް ދޫކުރަން ފަށާ ތާރީޚުން ފެށިގެން މިއިދާރާގެ ވެބްސައިޓް www.madaveli.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ހައުސިންގ ޔުނިޓްތަކަށް އެދި ފޯމް ހުށަހަޅުއްވާއިރު ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމްތަކާއި، މަޢުލޫމާތު ފުރިހަމަ ނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ  ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 އޭޕްރިލް 2019
ހޯދާ