މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މީހަކު ހޯދުން.

މަޤާމު:               އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަމްބަރ:        J-220543

ބޭނުންވާ ޢަދަދު:         1

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމުގެ ރޭންކް:         އެމް. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:   އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން:            ކޯޕަރޭޓް އެފެއަރޒް

މަޤާމް އޮތް އޮފީސް:      މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

މުސާރަ:              މަހަކު 7035.00 ރުފިޔާ

ސަރވިސް އެލަވަންސް:    މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:    1. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                   2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                   3. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                   4. ވަޒީފާއާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސް.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި،

ވާޖިބްތައް:             1- ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން  ރަށު ކައުންސިލް އިދާރާގެ ކޯޕަރޭޓް އެފެއަރޒް

                     ސެކްޝަންގެ  މަސައްކަތް ޤާނޫނާއި،  ޤަވާއިދާއި، ކަނޑައެޅިފައިވާ  ޕްރޮސީޖަރތަކާއި

                     އެއްގޮތަށް ރާވާ ހިންގުމާއި، ސެކްޝަނަށް ވަންނަ ލިޔުންތައް ބަލައިގަނެ ޖަވާބުދާރީވުން.

                    2- ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން މުއައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލްގެ ކަންކަން

                       ހިންގާ ބެލެހެއްޓުން.

                    3- ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ހިއުމަންރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް 

                       ކޮމެޓީގެ ކަންކަން ހިގާ ބެލެހެއްޓުން.

                    4- އޮފިހުގެ އިސްވެރިޔާއާއި، ޒިންމާދާރު ވެރިޔާގެ ލަފާގެމަތިން އަދި ޤާނޫނާއި ޤަވާޢިދާ އެއްގޮތް    ވާގޮތައް އިދާރީ އުސޫލުތައް އެކުލަވާލުމާއި،  ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިވިއުކޮށް

                      ގެންނަން ޖެހޭ ބަދަލުތައް ގެނައުން.

                    5- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް  އޮފީހުގެ އަހަރީ  ބަޖެޓް ކަނޑައެޅި                       ފައިވާ މުއްދަތަށް ތައްޔާރުކޮށް ނިންމާ ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.

                    6- ސަރުކާރާއި، ރައްޔިތުންގެ މުދަލާއިފައިސާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ޤަވާޢިދާއި

                     އުސޫލާއި އެއްގޮތަށް ރާވާ ހިންގުން.

                   7- އޮފީހަށް ގެންނަން ބޭނުންވާ މުދަލާއި، އެހެނިހެންތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް

                     ކުރަނީ ދައުލަތުގެ  މާލިއްޔަތު ޤަވާއިދާއި، ކަނޑައެޅިފާވާ ޕްރޮސީޖަރ އާއި އެއްގޮތްވާގޮތުގެ

                     މަތިންކަން ޔަޤީން ކުރުން.                                        

                   8- މާލިއްޔަތު ޤާނޫނާއި ޤަވާއިދު އަދި ކަނޑައެޅިފާވާ ޕްރޮސީޖަރގައިވާ ގޮތުގެމަތިން އިއުލާންކޮށް

                     ގެން ގަންނަންޖެހޭ ތަކެތި ގަތުމުގައި އިއުލާން ތައްޔާރުކުރުމުގައާއި، މަޢުލޫމާޓުޝީޓް ފުރިހަމަ

                     ކުރުމާއި ބެހޭ އެންމެހާ ކަންތައްތައްކުރުން.                              

                  9- ބިޑްކޮމެޓީގެ ބައްދަލުވުންތައް ބޭއްވުމާއި  އެކޮމެޓީގެ  މަސައްކަތްތަކާ ގުޅިގެން  ކުރަންޖެހޭ

                     އެންމެހާ އިދާރީ މަސައްކަތްތައް ޤާނޫނާ ޤަވާއިދާ އެއްގޮތަށް ކުރުން               

                 10- ލިބޭ ފައިސާގެ ދުވަހުފޮތާއި، އައިޓަމް ބާކީއާއި، އެކައުންޓްބާކީ ޤަވާޢިދުންލިޔެ ބެލެހެއްޓުން.

                 11- ކައުންސިލްގެ އިދާރާއާއި، ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ފަރނީޗަރ

                     މަރާމާތުކޮށް ބެލެހެއްޓުން.                                         

                  12- މާލީ ހިސާބުތަކާއި، ތައްޔާރު ކުރަންޖެހޭ އެހެނިހެން ރިޕޯޓްތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ          މުއްދަތުގެތެރޭގައި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވާފައިވޭތޯ ބަލައި ޗެކްކުރުން.

                  13- ކައުން ސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުން

                      ސިލް ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.            

                                      

މަޤާމުގެ ޝަރުޠުތައް:      1- މަޤާމުގެ މަސައްކަތާގުޅޭ ތަޢްލީމީ ރޮގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް

                      / ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ

                       ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން  4 އަހަރު    ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

                    2- މަޤާމުގެ މަސައްކަތާގުޅޭ ތަޢްލީމީ ރޮގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް

                      / ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ

                        ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން  2 އަހަރު

                        ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

                     3- މަޤާމުގެ މަސައްކަތާގުޅޭ ތަޢްލީމީ ރޮގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް

                      / ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން

                       މަތީގެ ސަނަދެއް ޙާސިލް ކޮށްފައިވުން.

                                              

ހުށަހަޅަންޖެހޭ ލިޔުންތައް:    1. ފުރިހަމަ ކުރައްވާފައިވާ  ސިވިލް ސަރވިސްގެ  ވަޒީފާއަށް އެދޭ  ފޯމް.  (މިފޯމް ސިވިލް ސަރވިސް

                       ކޮމިޝަނުގެ ވެބްސައިޓުންނާއި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

                     2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޫނެ ފޯނު ނަމްބަރާއި، އީމެލް އެޑްރެސް ހިމެނޭގޮތަށް)

                     3. ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް

                       ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

                     4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް  މުއައްޒަފުން ކުރިމަތިލާ

                        މަޤާމަށް ހޮވިއްޖެނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު  އިޢްތިރާޒެއް  ނެތްކަމަށް، ވަޒީފާ

                        އަދާކުރާ އޮފީހުގެ ލިޔުން.

                     5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 

                       (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖޭން ބޭރުގެ މަތީ

                       ތަޢްލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ

                       ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި  ޤަބޫލުކުރެވޭނެ

                       ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

                      (ށ) މަތީ ތަޢްލީމުދޭ، ރާއްޖޭގެ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ  ތަޢްލީމީ  ސެޓްފިކެޓްތަކާއި،

                      ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

                   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރިން ސެޓްފިކެޓްތަކުގެ ކޮޕީ.

                   7. ސިވިލް ސަރވިސްގެ ވަޒީފާއަށް  ވަނުމަށް ދެވޭ  އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،

                      އެ ސެޓްފިކެޓްގެ ކޮޕީ.  

                   8. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

                     (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ

                      އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހުން

                      ދޫކޮށްފައިވާ ލިޔުން.

                     (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި  ވަޒީފާ އަދާކޮށް ފައިވާނަމަ ވަޒީފާއަދާކުރި

                     މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  އަދި މަސައްކަތްކޮށް ފައިވާ ތަނުގެ  މުއައްޒަފުންގެ އަދަދު

                     ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ  ލިޔުން ނުވަތަ ވަޒީފާއަދާކުރިގޮތް  އަންގައިދޭ ރެފަރެންސް

                     ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:  1. މަޤާމުގެ މަސައްކަތާއި ގުޅޭގޮތުން ލިބިފައިވާ ތަޢްލީމާއި ތަމްރީނު.                            

                     2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށފައިވާނަމަ މަސައްކަތުގެ ތަޖްރިބާ.    

                     3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

                   

މަޤާމަށް އެދެންވިގޮތާއި، ސުންގަޑި:  މަޤާމަށް އެދި  ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އެޕްރީލް 2019 ވާ ބުދަ ދުވަހުގެ 12:00ގެ

                        ކުރިން  މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ  އިދާރާއަށެވެ.  ލިޔުންތައް  އީމެއިލް

                        މެދުވެރިކޮށްވެސް  އަދި ފެކްސް  މެދުވެރިކޮށްވެސް  ބަލައި  ގަނެވޭނެއެވެ.  އީމެއިލް އެޑްރެހަކީ

                        ([email protected]) އެވެ.  އަދި ފެކްސް  ނަމްބަރަކީ  (6540047)

                        އެޕްލިކޭޝަން ފޯމާއިއެކު  ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް  ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން

                        ފޯމް ބާޠިލް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި،

މުއްދަތު:                  މި މަޤާމަށް  މީހަކު  ހޮވުމަށް ބޭއްވޭ  އިންޓަވިއު  އޮންނާނީ،  11 އެޕްރީލް 2019 އާއި  18

                       އެޕްރީލް 2019  އާއި ދެމެދު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ.

                       ވުމާއެކު،  މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން،  އެ ތާރީޚްތަކުގައި އިންޓަވިއުއަށް  ޙާޒިރުވުމަށް

                       ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:          މި ވަޒީފާއަށް އެދި  ހުށަހަޅާ ފަރާތްތަކުގެ  ތެރެއިން  ތަޢްލީމީ  ފެންވަރާއި،  ތަޖްރިބާއަށްބަލައި،                        ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން  އެންމެ  މަތިން މާކްސްލިބޭ  ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.                         

 

އިތުރު މަޢްލޫމާތު:            މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު  ސާފުކުރުމަށް ގުޅާނީ  (6540047) މި ނަމްބަރު ފޯނާއެވެ.

                       ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ([email protected])   

                       އަށެވެ.

 

                        24 ރަޖަބް 1440                                    

                        31 މާރިޗް 2019                                    

31 މާރިޗު 2019
ހޯދާ