ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198MJA-C/2019/07
|
ތާރީޚް: 31 މާރިޗު 2019
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ރޭންކް: ޖީއެސް 04
|
ޢަދަދު
|
01
|
މަސައްކަތް ކުރާން ޖެހޭ ތަން
|
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ / ވިލިމާލެ
|
އަސާސީ މުސާރަ
|
-/5020 ރުފިޔާ
|
މި މަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50
- ސަރވިސް އެލަވަންސް: -/1,500
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައި ވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
|
އަސާސީ ޝަރުޠު
|
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން ’ސީ’ ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ’ދިވެހި’ މިމާއްދާއިން ދަށްވެގެން ’ސީ’ ލިބިފައިވުމާއެކު GS 3 ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2- މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓުފިކެޓު ހާސިލުކޮށްފައިވުން، ނުވަތަ
3- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު، GS 3 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
|
- އެކަޑަމީގެ ރިސެޕްޝަނުގައި މަސައްކަތް ކުރުމާއި، ރިސެޕްޝަން ކައުންޓަރަށް ނުވަތަ ޖެމްސް މެދުވެރިކޮށް ނުވަތަ އެކަޑަމީގެ ރަސްމީ މެއިލް އެކައުންޓަށް ލިބޭ ސިޓީއާއި މެސެޖާއި ފެކުހާއި ވަޒީފާޔަށް އެދޭ އެޕްލިކޭޝަނާއި އިންވޮއިސް ފަދަ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީ ކޮށް ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރާ ހަވާލު ކުރުމާއި، އެންޓްރީ ކުރެވޭ ލިޔެކިޔުންތަކުގެ ރިކޯޑު އަދާހަމަ ކޮށް ބެލެހެއްޓުން.
- އެކަޑަމީގެ ޕްރޮގްރާމްތަކުގައި ބައިވެރި ވާން އެދި އެކިއެކި ފަރާތްތަކުން ހުށައަޅާ ފޯމުތަކާއި އެއާ އެކު ހުށައެޅޭ ލިޔެކިޔުން، ކަމާގުޅޭ އުސޫލާ އެއްގޮތަށް ވަކި ރަޖިސްޓްރީއެއްގައި އެންޓްރީ ކޮށް ޕްރޮގްރާމްސް އެންޑް ޕަބްލިކޭޝަންސް ޑިވިޜަނަށް ދުވަހުން ދުވަހަށް ފޮނުވުން.
- ކަމާގުޅޭ އުސޫލާ އެއްގޮތަށް ޑިސްޕެޗްގެ އިންތިޒާމުތަކާއި ރެކޯޑުތައް ބެލެހެއްޓުމުގައި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަންގާ ގޮތެއްގެ މަތީން މަސައްކަތް ކޮށް، ޑިސްޕެޗްގެ ރެކޯޑު ދުވަހުން ދުވަހަށް ފުރިހަމަޔަށް ބެލެހެއްޓުން.
- އެކިއެކި ބޭނުންތަކުގައި އެކަޑަމީއަށް އަންނަ މެހުމާނުންނާއި އާއްމުންނަށް މަރުހަބާ ކިޔައި އިސްތިގުބާލު ކުރުމާއި، އެމީހުންނަށް ދޭން ޖެހޭ މައުލޫމާތު ދިނުމާއި، ޑިވިޜަނަކުން ބާއްވާ ބައްދަލުވުމެއް ނުވަތަ ހަރަކާތެއް ފަދަ ކަމަކަށް ހާޒިރު ވުމަށް ޓަކައި އެކަޑަމީއަށް އަންނަ މެހުމާނުންނަށް ދޭން ޖެހޭ އެހީތެރިކަން ދިނުން.
- ވެރީންގެ ބައްދަލުވުމާއި، މުވައްޒަފުންގެ އާއްމު ބައްދަލުވުމާއި، އެކަޑަމީގެ ފެކަލްޓީގެ ބައްދަލުވުމާއި، މީގެ އިތުރުން ވެސް ޗާންސެލަރުގެ ބިޔުރޯއިން އިންތިޒާމު ކުރާ އެކިއެކި ބައްދަލުވުންތައް އިންތިޒާމު ކުރުމާއި، އެ ބައްދަލުވުންތަކުގެ އޭޖެންޑާ އާއި ހާޒިރީ އާއި ޔައުމިއްޔާ ފަދަ ލިޔެކިޔުންތައް ތައްޔާރު ކޮށް ބެލެހެއްޓުން
|
މި މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- މަސައްކަތުގައި ގިނަވަގުތު ހޭދަ ކުރެވޭނެ ފަދަ ފަރާތަކަށް ވުން.
- ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ އެކިއެކި ތަންތަނުގައި އެކަޑަމީން ހިންގާ ނުވަތަ ބައިވެރި ވާ ޕްރޮގްރާމްތަކުގައި ބައިވެރި ވުމަށް ޓަކައި ދަތުރު ކުރުމުގައި ދަތިކަމެއް ކުރިމަތި ނުވާ ފަރާތަކަށް ވުން، އަދި ދަތުރުތަކުގައި ބައިވެރި ވެ ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށް ވުން.
- ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށް ވުން.
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާ އެކު މުޢާމަލާތު ކުރާން އެނގޭ ފަރާތަކަށް ވުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާ އެކު އެޑްވާންސްޑް ފެންވަރެއްގައި ބޭނުން ކުރާން އެނގޭ ފަރާތަކަށް ވުން.
- ދައުލަތުގެ އިދާރާއަކުން ވަޒީފާއިން ވަކި ކޮށްފައި ވާ ފަރާތްތަކާއި، ބެކްގްރައުންޑް ޗެކް ކުރުމުން ފާސް ނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|
ހުށަހަޅާން ޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް ކުރިމަތި ލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
- ލިބިފައި ވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
- މަޤާމަށް ކުރިމަތި ލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައި ވާ ކޯހެއް ފުރިހަމަ ކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާ އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
- އަދާ ކޮށްފައި ވާ އަދި މިހާރު އަދާ ކުރާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު، އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
|
ސުންގަޑި
|
10 އޭޕްރިލް 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވާން ޖެހޭ ވަޒީފާއަށް އެދޭ ފޯމު މި އެކަޑަމީގެ ރިސެޕްޝަނުންނާއި، މިއެކަޑަމީގެ ވެބްސައިޓް: www.judicialacademy.gov.mv އިން ލިބެން ހުންނާނެއެވެ.
- · މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނެ ނަންބަރު: 3396880
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅާން ޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާން ކުރެވިފައި ވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާ އިރު ހުށަހަޅާފައި ވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.
|