މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ގަބުރުސްތާން ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނަމްބަރު:IUL)297/INDIV/2019/17)

 

އިޢުލާން

މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިރަށު ގަބުރުސްތާނު ނޮޅާ ސާފު ކުރުމަށްވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް 1 އަހަރު ދުވަހަށް އަހަރަކު 4 ފަހަރު ނޮޅާ ސާފުކުރާގޮތަށް -/12000 ރ އަށްވުރެ ބޮޑުނޫން އަދަދަކަށް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 9 މާރޗް 2019ވާ އަންގާރަ ދުވަހުގެ 10:30އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާފޯމް މިއިދާރާގެ ކައުންޓަރުންނާއި ވެލިދޫ ކައުންސިލްގެ ވެބްސައިޓް www.velidhoo.gov.mv އިން ލިބެން ހުންނާނެއެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

  ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް

  • ގަބުރުސްތާނުތެރެ ތަނބުރު ވެލާއެކު ނޮޅާ ސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނު ގޯތި ތެރޭގައި ހުރި ހިޔާހެދޭ ގަސްތަކުގެ ތިރިވެފައިވާ އަފިތައް ކޮށާސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނުތެރޭގައި ހެދެމުންދާ  އިޕިލް އިޕިލްގަސްތައް ބުޑާއެކުނަގާ ސާފުކޮށް ބެލެހެއްޓުން.
  • ގަބުރުސްތާނުތެރޭގައި ގާޖަހާފައޮތް މަގު ރަނގަޅަށް ވިނަނޮޅާ ސާފްކޮށް ބެލެހެއްޓުން.
  • ގަސްތަކުން އެޅިފައިއޮތް ފަތްތައް ނަގާ ސާފްކޮށްބެލެހެއްޓުން.
  • އަބަދުވެސް ޤަބުރުސްތާން ނޮޅާސާފްކުރެވިފައިއޮތުން.
  • ސާފްކޮށްބެލެހެއްޓުމުގައި ނެގޭހުރިހާކުންޏެއް އުކާލަންވާނީ ކުނިކޮށްޓަށެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

90%

  • ހިދުމަތުގެ އަގަށްދޭ މާރކްސް
  • މާރކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

21 ރަޖަބް 1440

28 މާރޗް 2019

28 މާރިޗު 2019
ހޯދާ