މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް - ޑިޒައިން ކޮންސަލްޓަންސީ ފޮރ ދަ ކޮންސްޓްރަކްޝަން އޮފް އައްޑޫ ސިޓީ ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އައްޑޫ ސިޓީ ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

ޑިޒައިން ކޮންސަލްޓަންސީ ފޮރ ދަ ކޮންސްޓްރަކްޝަން އޮފް އައްޑޫ ސިޓީ ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

  1. ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އައްޑޫ ސިޓީގެ މަގުތައް ޑިޒައިންކުރުމުގެ މަސައްކަތަށް ކޮންސަލްޓަންޓަކު ހޯދުމަށް ބޭނުންވެއެވެ.
  2. މި މަސައްކަތްތަކުގެ ތެރޭގައި ސަރވޭ، ޕްލިމިނަރީ ޑިޒައިންގ، ޑީޓެއިލްޑް ޑިޒައިންގ، ޓެކްނިކަލް ސްޕެސިފިކޭޝަން އާއި ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އަދި އީ.އައި.އޭ ހެދުން ހިމެނެއެވެ. 
  3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.
  4. މި މަސައްކަތައް ޝައުއުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަޜާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.
  5. މިޕްރޮޖެކްޓްގެ ޓަރމްސް އޮފް ރެފަރެންސް 31 މާރިޗު 2019 ވާ އާދިއްތަ ދުވަހުގެ ފަހުން މިމިނިސްޓްރީގެ ވެބްސައިޓްއިން ލިބެން ހުންނާއެވެ. ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އީ.މެއިލް އެޑްރެސްއަށް އީ.މެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
  6. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަތުރުހަމަވާ ފަރާތްތަކުން 21 އޭޕްރިލް 2019 ވާ އާދިއްތަ ދުވަހުގެ 1400 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުންއެދެމެވެ.

        ފާތިމަތު ޝާނާ ފާރޫޤް

        ޑިރެކްޓަރ ޖެނެރަލް

        މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗރ

        މާލެ، ދިވެހިރާއްޖެ.

        ޓެލެފޯން: 3004300, 3004388

        ފެކްސް: 3004301

        އީމެއިލް އެޑްރެސް [email protected] 

28 މާރިޗު 2019

28 މާރިޗު 2019
ހޯދާ