އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ސައިންޓިފިކް އޮފިސަރ

މަޤާމް :ސީނިއަރ ސައިންޓިފިކް އޮފިސަރ
ބޭނުންވާ އަދަދު :1

އިއުލާން 

    މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް ފަަަރާތެކެވެ.

މަޤާމް:

ސީނިއަރ ސައިންޓިފިކް އޮފިސަރ

މަޤާމުގެ ނަންބަރު:

J-297526

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

  ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް މެޑިކަލް ލެބޯރެޓަރީ / އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2500 ރުފިޔާ

ރިސްކް އެލެވަންސް:

ޓެކްނިކަލް ކޯ އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

2473.80 ރުފިޔާ (މުސާރައިގެ %28)

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދަންފަޅި އުސޫލުން މަސައްކަތްކުރައްވާނަމަ ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭ ފައިސާ.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސެކްޝަނަށް ބޭނުންވާ ތަކެތި ސްޓޯރުން ނަގައި އެ ތަކެތީގެ ސްޓޮކް ހުސްވިޔަނުދީ ބެލެހެއްޓުމާއި ބޭނުންކުރެވޭ ތަކެތީގެ ތަފްޞީލް ކޮންމެ މަހެއް ނިމޭއިރު ކޮލެޓީ މެނޭޖަރ އާއި ހަވާލުކުރުން އަދި އަލަށް ގެނެވޭ ލޮޓް ތަކުގެ(މީޑިއާ، ޓެސްޓު ކިޓް، ރީ އެޖެންޓް) ގެ ޞައްޙަކަން ކަށަވަރުކޮށް ލިޔެކިއުންތައް ފުރިހަމަކުރުމާއި މުއްދަތު ހަމަވެފައިހުރި ޓެސްޓު ކިޓް، މީޑިއާ ނޫނީ ރީ އެޖެންޓް ނަމަވެސް ހަމަޖެހިފައިވާ އުޞޫލާއިއެއްގޮތަށް ނައްތާލުން.
  2. މައިކްރޯބަޔޮލޮޖީ ސެކްޝަނުގެ ރިޕޯރޓްތައް، މައިކްރޮބަޔޮލޮޖިސްޓް އޮތޯރައިޒް ކުރަންވާއިރަށް، ކޮމްޕްލީޓް ކުރެވިފައިހުރިތޯ ބަލާޗެކްކުރުމާއި ޖޫނިއަރ ޓެކްނީޝަނެއް ނެތް ޙާލަތްތަކުގައި، މާންޓޯ ރީޑް ކުރުމަށާއި ސްކިން ސްކްރެޕިން ހެދުމަށް، މައިކްރޯބަޔޮލޮޖިސްޓަށް އެހީތެރިކަން ފޯރުކޮށްދިނުން. އަދި މައިކްރޯބަޔޮލޮޖިސްޓް ނެތް ޙާލަތުގައި މި މަސައްކަތްތައް ކުރުން، ނޫނީ މި މަސައްކަތްތައް ކުރުމަށް އެހެން މުވައްޒަފަކު ޢައްޔަން ކުރުން.
  3. އޭ.ޓީސީ.ސީ ސްޓޮކް ކަލްޗަރ މެއިންޓެއިން ކުރުމާއި އޭ.ޓީސީ.ސީ ސްޓްރެއިން ބޭނުންކޮށްގެން ވީކްލީ ކޮލެޓީ ކޮންޓްރޯލް ހަދާ ކޮންޓްރޯލް ޝީޓުގައި ލިޔުމާއި އޭ.ޓީސީ.ސީ ސްޓްރެއިން މެދުވެރިކޮށް މީޑިއާގެ އެފިސިއެންސީ އަދި ސްޓެރިލިޓީ ގެ ކޮލެޓީ ކޮންޓްރޯލް ބެލުން. އަދި ކޮންޓްރޯލް ސްލައިޑް ބޭނުންކޮށްގެން ސްޓެއިން ތަކުގެ ކޮލެޓީ ޗެކްކުރުން.
  4. އަލަށް އަންނަ މުވައްޒަފުން އެސް.އޯ.ޕީ ތަކަށް ޓްރއިންކޮށް އެކަމުގެ ލިޔެކިއުންތައް ލެބޯޓްރީގެ އިންޗާޖާ ޙަވާލުކުރުމާއި ފިނިހޫނުމިން ރެކޯޑުކުރާ ޝީޓުތައް މޮނިޓަރކޮށް، ސެކްޝަނަށް ޕޯސްޓު ކުރާ އެހެން މުވައްޒަފުން، ލިޔެކިއުންތައް ބަރާބަރަށް ބަލަހައްޓަމުންދޭތޯ ޔަޤީންކުރުން. އަދި ސެކްޝަނުގެ ލިޔެކިއުންތަށް ބެލެހެއްޓުމަށް ގެންނަ ބަދަލުތައް ކޮލެޓީ މެނޭޖަރަށް އަންގާ، އޮޓޮމޭޓް ކުރެވިފައިވާ މެޝިންތަކުގެ މެއިންޓެނޭންސް ބަރާބަރަށް ހަދަމުންދޭތޯ ކަށަވަރުކުރުން.
  5. ޖުމްލަކޮށް މުޅި ލެބޯޓްރީގެ އިންފެކްޝަސް ކޮންޓްރޯލް ކަށަވަރުކޮށް، މުވައްޒަފުން މިކަމަށް ހޭލުންތެރިކުރުވުމުގެ އިތުރުން، އިންފެކްޝަސް ކޮންޓްރޯލް ކޮމިޓީގެ ބައްދަލުވުންތަކަށް ޙާޟިރުވެ، ހޮސްޕިޓަލުގެ ފަރާތުން، އެކަމާއި ގުޅޭގޮތުން އަންނަ ސުވާލުތަކަށް ޖަވާބުދާރީވެ އެެ ފަރާތްތަކަށް މަގު ދައްކައި ދޭންވާނެއެވެ. ހޮސްޕިޓަލުގެ އެކި އެކި ސެކްޝަންތަކުން،ސްޓެރިލިޓީ ހެދުމަށްގެންނަ ސާމްޕަލްތައް ރަންކުރެވިފައިވޭތޯ ބަލާ ވަގުތަށް ރިޕޯރޓްތައް ފޮނުވަން ވާނެއެވެ.
  6. އިންފެކްޝަސް ސީރޮލޮޖީގެ ކަންތައް ބެލެހެއްޓުމާއި ސަރވެއިލެންސް ޕްރޮގްރާމްތަކުގެ ރަނގަޅަށް ކުރިއަށް ދޭތޯބެލުމާއި އެކު ސަރވެއިލެންސް ޕްރޮގްރާމްތަކާއި ގުޅޭގޮތުން އެޗް.ޕީ.އޭ އިން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، އެކަމާއި ބެހޭ މައުލޫމާތުތައް ލެބޯޓްރީން ކަނޑައަޅާފައި ހުންނަ ފޯކަލް ޕޮއިންޓާއި ހިއްސާކުރުން.
  7. މައިކްރޯ ބެކްޓީރިއަމް ލެބްގެ މައިކްރޯސްކޯޕިސްޓުން ސުޕަވައިޒް ކުރުމާއިއެކު، ސެކްޝަނުގައި މައްސަލައެއް ދިމާވެގެން ގުޅަންޖެހިއްޖެ ޙާލަތެއްގައި ފޯނަށް ޖަވާބުދިނުން. ރެސްޕިރޭޓަރި މެޑިސިން ކްލިނިކް ގެ މުވައްޒަފަކު މަސައްކަތަށް ޙާޟިރު ނުވެވޭ ޙާލަތެއް މެދުވެރި ވެއްޖެނަމަ، އޭ.އެފް.ބީ ސްލައިޑް ތައް ބެލުން ނުވަތަ އޭ.އެފް.ބީ .ސްލައިޑްތައް ބަލާނޭ ޓެކްނީޝަނެއް ޢައްޔަން ކުރުން.
  8. ތައްޔާރު ކުރެވިފައިވާ މީޑިއާ ހުސްވޭތޯ ޗެކް ކޮށް މީޑިއާ ތައްޔާރުކުން ނުވަތަ މީޑިއާ ތައްޔާރުކުރުމަށް އެހެން މުވައްޒަފުންނަށް އިރުޝާދުނިނުން
  9. ސެކްޝަނުން ހަދާ ޓެސްޓުތަކާއި ބެހޭގޮތުން، ވޯޑުތަކުން އަންނަސުވާލުތަކަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުތުތައް:

  1. 1.       ބަޔޯކެމިސްޓްރީ ނުވަތަ ބަޔޯމެޑިކަލް ސައެންސް ނުވަތަ ކްލިނިކަލް ލެބޯޓްރީ ސައެންސް ނުވަތަ މެޑިކަލް ލެބޯޓްރީ ސައެންސް ނުވަތަ މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖީ ނުވަތަ މެޑިކަލް ސައެންސް ނުވަތަ މެޑިކަލް ޓެކްނޮލޮޖީ ނުވަތަ މައިކްރޯބަޔޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.ނުވަތަ
  2. ބަޔޯކެމިސްޓްރީ ނުވަތަ ބަޔޯމެޑިކަލް ސައެންސް ނުވަތަ ކްލިނިކަލް ލެބޯޓްރީ ސައެންސް ނުވަތަ މެޑިކަލް ލެބޯޓްރީ ސައެންސް ނުވަތަ މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖީ ނުވަތަ މެޑިކަލް ސައެންސް ނުވަތަ މެޑިކަލް ޓެކްނޮލޮޖީ ނުވަތަ މައިކްރޯބަޔޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާެއެވެ. އަދި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  4. މުއްދަތު ހަމަނުވާ ލައިސަންސް، އަދި ރެޖިސްޓްރޭޝަންގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.

ސީނިއަރ ސިވިލް ސަރވިސް (އީ.އެކްސް1)

 

ދާއިރާ

 

ބެލޭނެ ބައިތައް

 

މާކްސް

 

އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

85

20

25

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

30

25

25

ލިބިފައިވާ ހުނަރު

އިމްތިހާން / ޕްރެކްޓިކަލްސް

50

20

40

އިންޓަރވިއު އަދިޕްރެޒެންޓޭޝަން

100

30

ޖުމްލަ

295

100

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 8 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ  13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  10 އޭޕްރީލް 2019 އާއި 24 އޭޕްރީލް 2019 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.  

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

 

21 ރަޖަބު 1440

28މާރިޗް 2019

28 މާރިޗު 2019
ހޯދާ