މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލް އިދާރާއަށް ވަގުތީ (ވޭޖް) 2 މަސައްކަތުމީހުން ހޯދުން.

މަޤާމު:               މަސައްކަތު (ވޭޖް)

މަޤާމުގެ ނަމްބަރ:        -

ބޭނުންވާ ޢަދަދު:         2

މަޤާމުގެ ގިންތި:         ވަގުތީ

ސެކްޝަން:            ކޯޕަރޭޓް އެފެއަރޒް

މަޤާމް އޮތް އޮފީސް:      މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

މުސާރަ:              މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 22.77 ރ.  

ސަރވިސް އެލަވަންސް:    -

އެހެނިހެން އެލަވަންސް:    

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި،

ވާޖިބްތައް:            

                   1- ކައުންސިލް އިދާރާގެ ގޯތިތެރެ ވިނަނޮޅާ، ކުނިކަހާ، ސާފުކޮށް ބެލެހެއްޓުމާއި، ދިޔަދޮވި

                    ސާފުކޮށް ބެލެހެއްޓުން.

                   2- ކައުންސިލް އިދާރާގެ އެތެރެ ކުނިކަހާ، މިތަންތަނުގެ  ދޮރުތަކާއި، މޭޒްތަކާއި ، ގޮނޑިތަކާއި،                      ކަބަޑްތަކާއި،  ފައިލް ބަހައްޓާ ހަރުގަނޑު ތަކާއި، ފަންކާތަކާއި،  ލައިޓްތައް  ފޮޅާސާފުކޮށް                      ބެލެހެއްޓުން

                   3- ކައުންސިލްގެ އިދާރާއާއި، ގުދަންތައް ކުނިކަހާ، ސާފުކޮށް ބެލެހެއްޓުން.

                   4- ކައުންސިލްއިދާރާގެ ގޯތިތެރޭގެ ގަސްތައް ކޮށާ، ބެލެހެއްޓުމާއި، ކުނިއުކާލުން.

                   5- ކައުންސިލް އިދާރާގެ ޕާރކް ތަކުގައި ގަސް އިންދާ ހައްދައި،ގަސްތަކަށްފެންދީ، ބެލެހެއްޓުން.

                   6- ކައުންސިލް އިދާރާއިން ރަށުގެ އެކިއެކި ފަރާތްފަރާތަށް  ރައްދުކުރަންޖެހޭ  ލިޔެކިއުންތަކާއި،

                     އެފަދަ އެހެނިހެން ތަކެތި ރައްދުކުރުން.

                   7- ކައުންސިލްގެ އިދާރާއަށް ޙާޟިރުކުރަންޖެހޭ މީހުންނަށް އެންގުމާއި، ކައުންސިލްގެ  އިދާރާގެ

                      ގެނެސް ގެންދަންޖެހޭ ތަކެތި ގެނެސް ގެންދިއުން. 

                   8- ކައުން ސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުން                      ސިލް ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:      1- ލިޔަން ކިޔަން އެނގުން

                                              

ހުށަހަޅަންޖެހޭ ލިޔުންތައް:    1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ  ވަޒީފާއަށް އެދޭ  ފޯމް.  (މިފޯމް ސިވިލް ސަރވިސް

                      ކޮމިޝަނުގެ ވެބްސައިޓުންނާއި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

                    2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޫނެ ފޯނު ނަމްބަރާއި، އީމެލް އެޑްރެސް ހިމެނޭގޮތަށް)

                    3. ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް

                      ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

                    4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް  މުއައްޒަފުން ކުރިމަތިލާ

                      މަޤާމަށް ހޮވިއްޖެނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު  އިޢްތިރާޒެއް  ނެތްކަމަށް، ވަޒީފާ

                      އަދާކުރާ އޮފީހުގެ ލިޔުން.

                   5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 

                   6. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

                  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ

                      އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހުން

                      ދޫކޮށްފައިވާ ލިޔުން.

                  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި  ވަޒީފާ އަދާކޮށް ފައިވާނަމަ ވަޒީފާއަދާކުރި

                    މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު  އަދި މަސައްކަތްކޮށް ފައިވާ ތަނުގެ  މުއައްޒަފުންގެ އަދަދު

                    ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ  ލިޔުން ނުވަތަ ވަޒީފާއަދާކުރިގޮތް  އަންގައިދޭ ރެފަރެންސް

                    ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:    1. މަޤާމުގެ މަސައްކަތާއި ގުޅޭގޮތުން ލިބިފައިވާ ތަޢްލީމާއި ތަމްރީނު.                 

                           2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށފައިވާނަމަ މަސައްކަތުގެ ތަޖްރިބާ.    

                           3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

                   

މަޤާމަށް އެދެންވިގޮތާއި، ސުންގަޑި:  މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 07 އެޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 12:00ގެ

                        ކުރިން  މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ  އިދާރާއަށެވެ.  ލިޔުންތައް  އީމެއިލް

                        މެދުވެރިކޮށްވެސް  އަދި ފެކްސް  މެދުވެރިކޮށްވެސް  ބަލައި  ގަނެވޭނެއެވެ.  އީމެއިލް އެޑްރެހަކީ

                        ([email protected]) އެވެ.  އަދި ފެކްސް  ނަމްބަރަކީ  (6540047)

                        އެޕްލިކޭޝަން ފޯމާއިއެކު  ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތައް  ހުށަހަޅާފައި

%0
28 މާރިޗު 2019
ހޯދާ