ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކައުންސެލަރ

ފ. އަތޮޅު ތަޢުލީމީ މަރުކަޒު

    ނިލަންދޫ

   ދިވެހިރާއްޖެ

                                            ނަންބަރު: IUL)GS-37-HR/GS-37/2019/14)

އިޢުލާން

މިމަރުކަޒުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ.

 

މަޤާމް

ކައުންސެލަރ

މަޤާމުގެ ނަންބަރު

J295949

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކު

އެމް.އެސް 02

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމް އޮތް އޮފީސް

ފ.އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ.އަތޮޅު ތަޢުލީމީ މަރުކަޒު / ފ.ނިލަންދޫ

މުސާރަ

މަހަކު 6295.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް އަށް މަހަކު 900.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕޮލިސީތަކާއި އުޞޫލުތަކާއި ޤަވާޢިދުތަކަށް ރިޢާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލުގެ "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ" ނުވަތަ ސްކޫލުން ދަރިވަރުންގެ ރައްކާތެރިކަމަށް ތައްޔާރުކޮށްފައިވާ އުޞޫލުތައް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ތަންފީޒުކުރުން.
  2. ކައުންސެލިން ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖައްސައި އެދަރިވަރުންގެ ފޮލޯއަޕް ހެދުމާއި އެދަރިވަރުންގެ ރެކޯޑު ބެލެހެއްޓުމާއި ދަރިވަރުންނާއި ޓީޗަރުންނާއި ގުޅިގެން މަސައްކަތްކުރުން.
  3. ޓީޗަރުންނަށް ސްޓްރެސް މެނޭޖްމަންޓާއި ނަފްސާނީ ދުޅަހެޔޮކަމާއި އަދި ދަރިވަރުންގެ ރައްކާތެރިކަމާއި އަދި ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތައް ސްކޫލުގެ މެނޭޖްމަންޓާއި މަޝްވަރާކޮށްގެން ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ރާވައި ހިންގުމާއި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ މަޢްލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  4. ދަރިވަރުންނަށް ލައިފް ސްކިލްގެ ގަޑިތައް ނަގައިދިނުމާއި ޚާއްޞަ ޕްރޮގްރާމްތަކުގައި ދަރިވަރުންނަށް ބޭނުންވެއްޖެ ޙާލަތެއްގައި އެހީތެރިވެދިނުމާއި އެޕްރޮގްރާމްތަކުން ދަރިވަރުން ޙާޞިލްކުރާ މިންވަރު (މިސާލަކަށް: ދަސްވާރު، ކެރިއަރ ގައިޑެންސް އަދި ބީޓެކް) ވަޒަންކުރުން.
  5. ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް އަނިޔާ/އިހުމާލު ފާހަގަވެއްޖެނަމަ، ޝައްކުކުރެވޭ ނުވަތަ ރިޕޯޓުކޮށްފިނަމަ އެކަން ތަޙްޤީޤުކުރުމަކާނުލައި "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ" ގައިވާ ގޮތުގެ މަތިން ކަމާބެހޭ ފަރާތްތަކަށް އެންގުން.
  6. ސްކޫލު ކައުންސެލަރަކަށް ރެފާކުރާ ދަރިވަރުންނަށް ވަކިވަކިން ނުވަތަ ގްރޫޕް ސެޝަން ނަގައިދިނުމާއި، ބޭނުންވެއްޖެ ޙާލަތެއްގައި ދަރިވަރުންގެ އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން ހެދުމަށް އެހީތެރިވެދިނުން.
  7. ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ "ވަލްނަރަބްލް" ދަރިވަރުންގެ ޙާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކުލާސް ޓީޗަރާއި ސްކޫލުގެ ވެރިންގެ މަޝްވަރާއާރި އެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން.
  8. ސްކޫލްތަކުގެ ކައުންސިލަރުންނާއެކު ބާއްވާ ކޭސް މެނޭޖްމަންޓު، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު އަދި ސުޕަވިޒަން ސެޝަންތަކާއި ފޯން ކޮންފަރެންސްތަކުގައި މިނިސްޓްރީން ކަނޑައަޅާ އުޞޫލެއްގެ މަތިން ބައިވެރިވެ، ސްކޫލުގެ ކޭސްތައް ދަރިވަރުންގެ ސިއްރު ހިފެހެއްޓޭގޮތަށް ހިއްސާކުރުން.
  9. ކައުންސެލިން ހިދުމަތަށް އަންނަ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޭސްތަކުގެ ރަޖިސްޓްރީ ހަދައި ބެލެހެއްޓުމާއި، ކޭސް ފައިލް ހެދުމާއި، ސެޝަންތައް ކުރިއަށް ގެންދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި، ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓް ލިޔެ ފައިލްކުރުން.
  10. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތައްޔާރުކޮށްފައިވާ "ބަރާބަރު" ސްކޫލު އިންޑިކޭޓާރސްގައި ހިމެނޭ ހެލްތު އެންޑް ސޭފްޓީ ޑައިމެންޝަން ސްކޫލުގައި ފުރިހަމަކުރުމަށް ސްކޫލުގެ ވެރިންނާއި ގުޅިގެން މަސައްކަތްކުރުމާއި، ދަރިވަރުންގެ ރައްކާތެރިކަމަށް ބެލެނިވެރިންނާ ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރުން.
  11. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް، ސްކޫލުގެ ވެރިންނާއި މަޝްވަރާކޮށްގެން ސްކޫލު ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގާ ބެލެހެއްޓުމާއި ސްކޫލުގެ މާޙައުލަކީ ދަރިވަރުންނަށާއި ސްކޫލުގެ މުވައްޒަފުންނަށް ނަފްސާނީގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރަން ސްކޫލުގެ ވެރިންނާއި ގުޅިގެން މަސައްކަތްކުރުން.
  12. ކޮންމެ އަހަރަކު ސްކޫލުން ދަރިވަރުންގެ ރައްކާތެރިކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ތާވަލުކޮށްގެން ހިންގާ ހަރަކާތްތަކުގެ ތާވަލު ކޮންމެ އަހަރެއްގެ ތަޢުލީމީ އަހަރު ފެށުމާއެކު މިނިސްޓްރީއަށް ހިއްސާކުރުމާއި، ކޮންމެ އަހަރަކު ސްކޫލުން ހިންގާ މިފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ރިޕޯޓު ތައްޔާރުކޮށް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްކޫލު ހެލްތު އެންޑް ސޭފްޓީ ސެކްޝަނަށް ފޮނުވުން.

މަޤާމުގެ ޝަރުތުތައް

ކައުންސެލިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ

    (ށ) މަތީ ތަޢުލީމު ދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ދާއިރާ

ބެލޭނެ ބައިތަށް

މާކްސް

އިންސައްތަ (%)

ކެޓެގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

80

35

40

މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިހާން

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން

12

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

245

100

100

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 އޭޕްރީލް 2019 އިން 12 އޭޕްރިލް 2019 އާއި ދެމެދު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ޝޯޓް ލިސްޓުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952909 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                            

                27 މާރިޗް 2019

 

27 މާރިޗު 2019
ހޯދާ