އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމް:

 މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

 J228210

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ.

ރޭންކް:

 އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އދ. މަހިބަދޫ ކައުންސިލްގެ އިދާރާ.

މުސާރަ:

 5610.00

ސަރވިސް އެލަވަންސް:

 2000.00

ސަޕޯޓިންގ ކޯ އެލަވަންސް:

 700.00

އެހެނިހެން އެލަވަންސް:

 1-      ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ   ޚިދުމަތް.

 2-      ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން   ކޮންޓްރިބިއުޝަން.

 3-       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ   ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1-      ލާމަރުކަޒީ ޤާނޫނާ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ކަރަންޓާއި، ފެނާ،   ފާޚާނާ އާއި ނަރުދަމާގެ ނިޒާމް ފަދަ ޢާއްމު ޚިދުމަތް ހިންގާ ބެލެހެއްޓުން.

 2-      ރަށުގެ މަގުތައް ހެދުމާއި މަގުތަކާއިބެހޭ އެންމެހާ ކަންކަން އުސޫލާއި އެއްގޮތަށް   ހިންގާ ބެލެހެއްޓުން.

 3-      ކައުންސިލްގެ އުޅަނދުތައް ކުރަންޖެހޭ މަރާމާތުކޮށް ބެލެހެއްޓުން.

 4-      ލާމަރުކަޒީ އުޞޫލުން ކައުންސިލަށް ލާޒިމްކުރާ އަރުސީފްގެ އެންމެހާ   މަސައްކަތްތައް ކުރެއްވުން.

 5-      ރަށުގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް ބަލަހައްޓާ އެ މަސައްކަތްތައް   ކުރުވުން.

 6-      ރަށުގެ ހުސްބިމާއި، ކުޅިވަރު ކޯޓްތަކާއި، މަގުތައްމަތީގައި އެކިއެކި ބޭނުން   ކުރުމަށް، ކައުންސިލްގެ އުސޫލުތަކުން ހުއްދަދީ ރެކޯޑް ބެލެހެއްޓުން.

 7-      ރަށުގެ ބަދަރުސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ހުންނަ ތަކެތި ނަގުވާ، ބަނދަރު   ބެލެހެއްޓުން.

 8-      ރަށުގެ އިޖްތިމާޢީ ސަރަހައްދު ސާފުކުރުން.

 9-      މަގުމަތީގައި ޤަވާއިދާ ޚިލާފަށް ހުންނަ ތަކެތި ނަގުވާ، މަގުތަކުގެ ސާފު ނުސާފު   ބެލެހެއްޓުން.

 10-   އަތިރިމަތީ އޮޑި ދޯނި ފަހަރު އެހެލާ ސަރަހައްދުގައި އިސްލާހު ކުރަންޖެހޭ   ކަންތައްތައް ބަލާ އިސްލާހް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 1-      ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭމްނަންޓް / ޕަބްލިކް   އެޑްމިނިސްޓްރޭޝަން / އާބަން ސްޓަޑިޒް އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް   ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތް   ތަޖުރިބާ ލިބިފައިވުން، ނުވަތަ،

 2-      ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭމްނަންޓް / ޕަބްލިކް   އެޑްމިނިސްޓްރޭޝަން / އާބަން ސްޓަޑިޒް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު   ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  6.  (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  7. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
  8. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  9. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  10. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  11. ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  12. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު               %40
  2. ސިވިލް ސާރވިސްގެ އިމްތިހާނު       %5
  3. މަސައްކަތު ތަޖްރިބާ             
  4. ލިބިފައިވާ ހުނަރު / އިންޓވިއު        %40

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ   (14:00) ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާ އަށެވެ. އަދި   ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އިޢުލާނުގެ   ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ   ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނަނީ މަހިބަދޫ ކައުންސިލް އިދާރާ ގައެވެ.

 އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑި އާއި   ތާރީޚް ދެންނެވޭނެ އެވެ.

ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،   ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް   ޝޯޓް  ލިސްޓް ކުރެވޭނެ އެވެ.

އިތުރު މަޢުލޫމާތު:

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6680773) އަށެވެ

 އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

26 މާރިޗު 2019
ހޯދާ