މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.  

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-270741, J-270740

ބޭނުންވާ އަދަދު:

02 (ދެއެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިވިޜަން/ސެކްޝަން:

ފިޔަވަތި

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • -/700 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވެންސް 2)
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް ފައިސާ.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ސެކްޝަނަށް އަންނަ ލިޔެކިތުންތައް ފައިލްކޮށް ބެލެހެއްޓުން.                
  • ފިޔަވަތި ހިނގަމުންދާ ޢިމާރާތުގެ ފަންކާ، ހޮޅިބުރި، ފާޚާނާ، އޭސީ ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.                                            
  • ކޮންމެ މަހެއްގެވެސް މުސާރަ ހަދާ ދުވަސްތަކުގައި މުސާރަ ހެދުމުގެ މަސައްކަތުގައި އެހީތެރިވެ ދިނުން.                                                
  • ފިޔަވަތީގެ އަހަރު ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ހޯދައި، ވެރިއެއްގެ ލަފަޔާއެކު އަހަރު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.              
  • ފިޔަވައްޗަށް ބޭނުންވާ ފަރުނީޗަރާއި މެޝިނަރީ ހޯދައި، އެ ބޭނުންވާ ތަނަކަށް ފޯރުކޮށް ދިނުން.
  • ފިޔަވައްޗަށް ހޯދާފައި ހުންނަ ހަރު މުދަލާއި އެހީގެ ގޮތުގައި ލިބިފައި ހުންނަ ހަރުމުދަލުން ހަލާކުވެފައިވާ ތަކެތި ނީލަމަށް ފޮނުވާ ނީލަމުން ނިމޭ ގޮތެއްގެ މަތިން އެކަން ކުރުން.
  • ފިޔަވަތީގެ ކޮއްތަށް ބޭނުންވާ ތަކެތި ހަމަޖެހިފައިވާ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން އެދުވަހެއްގެ މެނޫއަށް ބޭނުންވާ ތަކެތި ފިޔަވަތި ބަދިގެއަށް ލިބޭނެގޮތް ހަމަޖައްސައި ދިނުމާއި ކޮއްތު ރިޕޯޓް މަހުން މަހަށް ތައްޔާރުކޮށް ވެރިއަކު ލައްވާ ސޮއިކުރުމަށްފަހު ޤަވަޢިދުން ފައިލްކޮށް ބެލެހެއްޓުން.
  • މެއިންޓެނަންސް އާއި އެހެނިހެން މަރާމާތުތައް ކުރުމަށް ނިންމަންޖެހޭ ލިޔެކިޔުންތައް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ތައްޔާރުކުރުން.
  • ފިޔަވަތީގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ ރިޕޯރޓްތައް ، ތިޖޫރީ ރިޕޯރޓް، ޕެޓީކޭޝް ރިޕޯރޓް، ކޮއްތު ރިޕޯރޓް އާއި ބަޖެޓްގެ ޚަރަދު ރިޕޯރޓް ތައް އެރިޕޯރޓެއް ނިންމަންޖެހޭ މުއްދަތައްނިންމާ،  ބަޖެޓުންކުރެވިފައިވާ ޚަރަދުތައް އެފް އެމް ރިޕޯރޓާއި ދިމާކޮށް  ޗެކްކުރުމަށްފަހު  ބަޖެޓްގެ މަސައްކަތާ ޙަވާލުވެ ހުންނަ ވެރިޔަކު ލައްވާ ސޮއި ކުރުމަށްފަހު  އެރިޕޯރޓްތައް އޯޑަރަށް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން.
  • ފިޔަވައްޗަށް ހޯދާ ހަރުމުދަލުގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުމާއި އެކު ޑޮނޭޝަންގެ ގޮތުގައި ލިބޭ ހަރުމުދަލުގެ އިންވެންޓްރީ ބަހައްޓަމުން ދާގޮތަށް ޗެކު ކުރުމާއި ޑޮނޭޝަން އިންވެންޓްރީ ޤަވައިދުން ބެލެހެއްޓުން.
  • ފިޔަވަތިން ފައިސާ ދައްކަން ޖެހޭ ބިލްތައް އެބިލެއްގެ ފައިސާ ދެއްކުމަށް އޮންނަ  މުއްދަތުގެ ތެރޭގައި ޕީވީ ހަދާ  ފައިސާ ދެއްކުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޤަވާއިދުން ކޮށް ބެލެހެއްޓުމާއި އެކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް އޯޑަރަށް ފައިލްކޮށް ބެލެހެއްޓުން.
  • ފިޔަވަތީގެ އެޗް.އާރު ގެ މަސައްކަތްތައް އަދި އިދާރީ މަސައްކަތްތަކުގައި އެހީތެރިވުން އަދި މުވައްޒަފުން ޗުއްޓީގައި ހުންނަ މުއްދަތުގައި މަސައްކަތްތަކާ ޙަވާލުވުން.
  • ފިޔަވަތި އާއި ފިޔަވަތީގެ ޢިމާރާތްތަކުގެ މަރާމާތުގެ އެންމެހައި މަސައްކަތްތަކެއް ބެލެހެއްޓުން.
  • ފިޔަވަތީގެ ބަޖެޓުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތު ޤަވާއިދާ އެއްގޮތައް ހަމަޖެހިފައިވާ އުޞޫލްތަކުގެ މަތިން ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް:

•      ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޭޕްރީލް ނުވަތަ 2019 މެއި މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

 

 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027565 ނަންބަރު ފޯނަށެވެ.

 

 

 

 

20 ރަޖަބު 1440ހ

27 މާރިޗު 2019މ

       


27 މާރިޗު 2019
ހޯދާ