ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮޖެކްޓް އޮފިސަރ (ލޯކަލް)
މިނިސްޓްރީ އޮފް ފިނޭންސް އިން ކުރިއަށް ގެންދާ ދަޢުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން ޕްރޮޖެކްޓް އޮފިސަރެއްގެމަސައްކަތްކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ޕްރޮޖެކްޓް އޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮކިއުމަންޓް މަސައްކަތް ކުރުމާއި އަދި ޕްރޮޖެކްޓްގެ ޓެކްނިކަލް ޓީމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން ހިމެނެވެ.
ޕްރޮޖެކްޓް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
- މަސައްކަތާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ ޕްރޮފެޝަނަލް ސަރޓިފިކެޓް ހާސިލް ކޮށްފައިވުން
ޕްރޮޖެކްޓް މެނޭޖްމަންޓްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.
- ކޮންސަލްޓަންސީ، ނޮން ކޮންސަލްޓަންސީ އަދި ގުޑްސްގެ ޕްރޮކިއުމަންޓް މަސައްކަތާއި ގުޅޭގޮތުން ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ޕަބްލިކް ފައިނޭންސް ލޯ (2006)، ޕަބްލިކް ފައިނޭންސް ރެގިއުލޭޝަން (2009)، އަދި ޕަބްލިކް ފްރޮކިއުމަންޓް އެކްޓް އަދި ރެގިއުލޭޝަން އަށް އަހުލުވެރިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެވެ.
މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މުސާރައިގެ ގޮތުގައި 1,260.0އެމެރިކާ ޑޮލަރާއި 1,452.00 އެމެރިކާ ޑޮލަރާއި ދެމެދުގެ ޢުޖޫރައެއް ދިވެހި ރުފިޔާއިން ދެވޭނެ އެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތުގެ މުއްދަތަކީ 2 އަހަރުގެ ދުވަހެވެ. މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފައިނޭންސްގައެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.
ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން4 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އަބްދުﷲ ޙަސަން
ޕްރޮޖެކްޓް ޑިރެކްޓަރ
ޕަބްލިކް ފައިނޭންސް މެނޭޖްމެންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް
މިނިސްޓްރީ އޮފް ފިނޭންސް
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349106 ،3349102
ފެކްސް: 3320706 ،3324432
އީމެއިލް އެޑްރެސް: [email protected]