ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދޫއިން ތެޔޮވިއްކާ ބިމެއް ކުއްޔަށް ދޫކުރުމަށް

ފެލިދޫއިން ތެޔޮވިއްކާ ބިމެއް ކުއްޔަށް ދޫކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ތެލުގެ ވިޔަފާރިކުރުމަށް ވ.ފެލިދޫގެ ސިނާއީ ސަރަހައްދުން 2000 އަކަފޫޓްގެ 1 ބިން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ. އަދި ބިމުގެ ކުލީގެ ގޮތުގައި އަކަފޫޓަކަށް އެންމެ ކުޑަވެގެން ހުށައެޅޭނީ 0.75(ހަތްދިހަ ފަސްލާރި) އެވެ.

     ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، ޕްރޮޕޯސަލް ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 ތަފްޞީލް

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

9 އޭޕްރީލް 2019

އަންގާރަ

11:00

ޕްރޮޕޯސަލް ހުށަހެޅުން

11 އޭޕްރީލް 2019

ބުރާސްފަތި

11:00

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6700720  އަށްގުޅުއްވުން އެދެމެވެ.

18 ރަޖަބް 1440ހ.

25 މާރިޗު 2019މ.

 

25 މާރިޗު 2019
ހޯދާ