ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

  މި ސްކޫލްގައި ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހަކު ބޭނުންވެއްޖެއެވެ.

 

އެސިސްޓަންޓް ސްޕޯރޓްސް ސުޕަވައިޒަރ

 ބޭނުންވާ މަޤާމު

 

01

 ބޭނުންވާ ޖުމްލަ އަދަދު:

 

ވަގުތީ

 މަޤާމުގެ ގިންތި:

 

6 މަސް

މުއްދަތު:

 

ޖީ.އެސް 3

 މަޤާމުގެ ރޭންކް:

 

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

 

އެކަޑަމިކް ސެކްޝަން

 ސެކްޝަން:

 

ނ.ކުޑަފަރީ ސްކޫލް

މަޤާމް އޮތް އޮފީސް:

 

ނ.ކުޑަފަރީ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 

 4465.00 ރުފިޔާ

މުސާރަ:

 

1500.00 ރުފިޔާ

ސަރވިސް އެލެވަންސް:

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

  

 

 

 

 

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

  1. ސްކޫލްގެ ދަރިވަރުންނަށް ހިންގޭ އެކްސްޓްރާ ކޯކަރިކިއުލަރ ހަރަކާތްތަކުގެ ތެރެއިން، ކުޅިވަރުގެ ހަރަކާތްތައް، ސްކޫލުގެ އިސްވެރިންގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.
  2. ދަރިވަރުންނަށް ނެގޭ ޕީ.އީ ގަޑިތައް ކުރިއަށްގެންދިއުމުގައި ޕީ.އީ ޓީޗަރަށް އެހީތެރިވުމާއި، ޕީ.އީ ޓީޗަރ ނެތް ޙާލަތްތަކުގައި ޕީއީ ގަޑިތައް ނެގުން.
  3. ސްކޫލުގައި ބޭއްވޭ އިންޓަރހައުސް ކުޅިވަރު މުބާރާތްތައް، ސްޕޯޓްސް ކްލަބާ ގުޅިގެން އިންތިޒާމްކުރުމާއި، އެހެނިހެން ކުޅިވަރު މުބާރާތް އިންތިޒާމްކޮށް ރާވައި ހިންގުން.
  4. ސްޕޯޓްސްއަށް ބޭނުންކުރާ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ކުޅިވަރުކުޅުމަށް ބޭނުންވާ ސާމާނު، ބަޖެޓް ސެކްޝަނަށް ހުށަހަޅައިގެން ހޯދުން.
  5. ސްކޫލުގައި ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ ރިކޯޑްސް ބެލެހެއްޓުން.
  6. ސްޓާފުންގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުން.
  7. އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކާއި، އަތޮޅު މުބާރާތްތަކާއި، ޤައުމީ މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުމުގެ އިންތިޒާމް ރާވައި ހިންގުން.
  8. ކޮންމެ ޓާމެއް ނިމުމާއެކު، އެ ޓާމުގައި ހިންގުނު ސްޕޯޓްސް ހަރަކާތްތަކާއި ޕީ.އީ ހަރަކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށް ޕްރިންސިޕަލަށް ހުށަހެޅުން.

 

މަޤާމުގެ ޝަރުޠުތައް:

- ސްޕޯރޓް ނުވަތަ ޓީޗިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސްޕޯރޓްސް ނުވަތަ ޓީޗިންގ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

-   ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

ކައުންސިލަރ އެސިސްޓަންޓް

 ބޭނުންވާ މަޤާމު

 

01

 ބޭނުންވާ ޖުމްލަ އަދަދު:

 

ވަގުތީ

 މަޤާމުގެ ގިންތި:

 

6 މަސް

މުއްދަތު:

 

ޖީ.އެސް 3

އޮފިސަރ ގްރޭޑް 1

 މަޤާމުގެ ރޭންކް:

މަޤާމުގެ ކްލެސިފިކޭޝަން:

 

އިދާރީ ސެކްޝަން

 ސެކްޝަން:

 

ނ.ކުޑަފަރީ ސްކޫލް

މަޤާމް އޮތް އޮފީސް:

 

ނ.ކުޑަފަރީ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 

 4465.00 ރުފިޔާ

މުސާރަ:

 

1500.00 ރުފިޔާ

ސަރވިސް އެލެވަންސް:

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

  

 

 

 

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގައި ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ސްކޫލަށް ޙާޟިރުވެ މުވައްޒަފުން ސޮއިކުރާ ފޮތުގައި ސޮއި ކޮށް، ސަރުކާރުގެ ޤަވާޢިދުތަކާއި ތިމާއާއި ޙަވާލު ކުރެވިފައިވާ މަސްޢޫލިއްޔަތުތަކާއި އެއްގޮތްވާ ގޮތުގެމަތީން، ފަރުވާތެރިކަމާއި އިޚްލާސްތެރި ކަމާއިއެކު، މަޤާމުގެ ޑިއުޓީއަދާކުރުން.
  2. ދަރިވަރުންގެ އަޚުލާގާއި ބެހޭގޮތޮން ކޮންމެކުއްޖަކަށް ފައިލްތައްޔާރުކޮށް ބެލެހެއްޓުން އަދި ކޮމްޕިއުޓަރގައިވެސް ރެކޯރޑްސް ބެލެހެއްޓުން
  3. ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން އެއްވެސް ގެއްލުމެއްލިބިފައިވޭތޯ ޤަވަޢިދުން ދެހަފްތާއިން އެއްހަފްތާގައި ބެލުން އަދި އެފަދަ މައްސަލަތައްހުރިނަމަ ރެކޯރޑްކޮށް އަޅަންއެކަށީގެންވާ ފިޔަވަޅު އެޅުން
  4. ދުވަހުން ދުވަހަށް ބަލަންޖެހޭ އަޚްލާޤީ މައްސަލަތައް، ނަފްސާނީ ގޮތުން ދަރިވަރުންނަށް ދިމާވާ މައްސަލަތައް އަދި ސްކޫލުގައާއި ގޭތެރޭގައި ދަރިވަރުންނަންލިބޭ ޖިސްމާނީ އަނިޔާތަކާއިމެދު ފިޔަވަޅުއެޅުން އަދި ރެކޯރޑްކުރުން
  5. ދިމާވާ ބޮޑެތި މައްސަލަތަކާއިމެދު ފިޔަވަޅުއެޅުއްވުމުގައި ސްކޫލުގެ އިސްވެރިޔާގެ މަޝްވަރާއާއި އަދިބެލެނިވެރިންގެ މަޝްވަރާއާއިއެކު ކުރިއަށްގެންދެވުން
  6. ދަރިވަރުންގެ އަޚުލާގަށް އަންނަބަދަލްތަކާމެދު އަދި ނަފުސާނީހާލަތައް އަންނަބަދަލްތަކާމެދު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން
  7. ދަރިވަރުންގެ އަޚުލާގަށް އަންނަބަދަލްތަކާމެދު އަދި ނަފުސާނީހާލަތައް އަންނަބަދަލްތަކާމެދު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން
  8. ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތް ވަރަކުން އެހެނިހެން މަސައްކަތް ތަކުގައި އެހީތެރިވާންވާނެއެވެ.
  9. ސްކޫލްގައި މަސައްކަތްކުރަންވާނީ ހުރިހާ އެންމެންނަށް ހަމަހަމަވާނެ ގޮތަކަށެވެ.
  10. ސްކޫލްގެ އެއްވެސް ސިއްރެއް އެއްވެސް ފަރާތަކަށް ހާމަ ކުރުމަކީ މުޅިން މަނާ ކަމެކެވެ.
  11. ސްކޫލްގައި އަދި ސްކޫލުން ބޭރުގައިވެސް އެއްވެސް ކުއްޖެއްގެ ފަރާތުން ކުދިންނާއި އެކަށީގެންނުވާ ކަމެއް ފެނިއްޖެ ނަމަ ވަގުތުން ސްކޫލްގެ ވެރިންނަށް އަންގަން ވާނެއެވެ.
  12. ދަރިވަރުންނާ މުދައްރިސުންގެވެސް ވާހަކަދެއްކުމުގެ އަދަބުވަރިކަމަށް ސަމާލުކަން ދޭންވާނެއެވެ.
  13. މުވައްޒިފުންގެ ގޮތުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އަދި ޙަރަކާތެއްގައި ވީވަރަކުން އެހީތެރިވެ އެއްބާރުލުން ދޭން ވާނެއެވެ.
  14. އެއްވެސް އެއްޗެއް ނުލިބި ނުވަތަ ކަމެއްކުރަން ނޭންގުމުގެ ސަބަބުން މަސައްކަތެއް ނުނިމި އެއްވެސް ފަރާތަކަށް ލިބެންޖެހޭ ޚިދުމަތެއް ނުދެވުމުގެ ކުރީގައި ސްކޫލުގެ ވެރިންނަށް އަންގަންވާނެއެވެ.
  15. ކިޔަވައިދިނުމާއިގުޅުންހުރިކަންތައްތަކުގައިއެހީތެރިވެދިނުން
  16. އިސްވެ ދިޔަ ކަންތައްތަކުގެ އިތުރުން ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން ފަރުވާތެރިވެ މަސައްކަތްކުރުން

މަޤާމުގެ ޝަރުޠުތައް:

ކައުންސިލިން ނުވަތަ ސައިކޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ކައުސިލިން ނުވަ ސައިކޮލޮޖީ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

-   ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

އެސިސްޓަންޓް ކޮންޕިއުޓަރ ޓެކްނީޝަން

 ބޭނުންވާ މަޤާމު

 

01

 ބޭނުންވާ ޖުމްލަ އަދަދު:

 

ވަގުތީ

 މަޤާމުގެ ގިންތި:

 

6 މަސް

މުއްދަތު:

 

ޖީ.އެސް 4

 މަޤާމުގެ ރޭންކް:

 

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

 

އިދާރީ ސެކްޝަން

 ސެކްޝަން:

 

ނ.ކުޑަފަރީ ސްކޫލް

މަޤާމް އޮތް އޮފީސް:

 

ނ.ކުޑަފަރީ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 

 5020.00 ރުފިޔާ

މުސާރަ:

 

1500.00 ރުފިޔާ

ސަރވިސް އެލެވަންސް:

 

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

  

 

 

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުގެ ޚަބަރުތައް ވެބްސައިޓުގައި އަޕްލޯޑްކުރުމުގައި، މީޑިއާ ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ސްކޫލުގެ ވެބްސައިޓް ޑިވެލޮޕްކޮށް، މެއިންޓެއިން ކުރުން.
  3. ޑޭޓާބޭސްއާއި އިންޓްރަރނެޓް ޑިވެލޮޕްކޮށް، މެއިންޓެއިން ކުރުން.
  4. ކޮމްޕިއުޓަރ ޕްރޮގްރާމްކޮށް، މެއިންޓެއިން ކުރުން.
  5. ސޮފްޓްވެއަރ މެއިންޓެއިން ކުރުން.
  6. ސްކޫލުގެ ކޮމްޕިއުޓަރުތަކާއި، އެއާ ގުޅޭ އެންމެހައި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން. 
  7. ސްކޫލުގައި ކުރާ މުހިންމު މަސައްކަތްތަކުގައި، އައި.ޓީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 

 

މަޤާމުގެ ޝަރުޠުތައް:

  1.  - އައި.ޓީ ދާއިރާއިން ދިވެހިރ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެރިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން    
  2.      ނުވަތަ
  3. މަތީ ސަނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާންގައި "ދިވެހި" މި މާއްދާއިން ދަށްވެގެން  "ސީ" ގްރޭޑް ލިބިފައިވުން.                    ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

އެސިސްޓަންޓް ހެލްތް އޮފިސަރ

 ބޭނުންވާ މަޤާމު

 

01

 ބޭނުންވާ ޖުމްލަ އަދަދު:

 

ވަގުތީ

 މަޤާމުގެ ގިންތި:

 

6 މަސް

މުއްދަތު:

 

ޖީ.އެސް 3

 މަޤާމުގެ ރޭންކް:

 

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

 

އިދާރީ ސެކްޝަން

 ސެކްޝަން:

 

ނ.ކުޑަފަރީ ސްކޫލް

މަޤާމް އޮތް އޮފީސް:

 

ނ.ކުޑަފަރީ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 

 4465.00 ރުފިޔާ

މުސާރަ:

 

1500.00 ރުފިޔާ

ސަރވިސް އެލެވަންސް:

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

  

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދަރިވަރުންނަށާއި، ސްޓާފުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ސިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން
  2. ދަރިވަރުންގެ ހެލްތް ޗެކަޕް ޕްރޮގްރާމް ރާވައި ހިންގުން
  3. ހެލްތް ރޫމް ބެލެހެއްޓުން
  4. ހެލްތް ރޫމުން ފަސްޓް އެއިޑް ލިބޭނެ އިންތިޒާމް ހަމަޖެއްސުން
  5. ސްކޫލްގެ އިމާރާތްތަކާއި، ގޯތިތެރެއާއި ފާޚާނަތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކުކުރުން.
  6. ސިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެހީތެރިވެދިނުން
  7. ދަރިވަރުންނަށް ސިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން
  8. ކުރިޔަށް  އޮތް އަހަރު ސްކޫލް ހެލްތް ޕްރޮގުރާމް ހިންގާނެ ގޮތުގެ ތާވަލް ތައްޔާރުކޮށް އެޑިއުކޭޝަން ފޮނުވުން

މަޤާމުގެ ޝަރުޠުތައް:

  - ހެލްތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ހެލްތު ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

-   ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމް:                                  އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:                        01 (އެކެއް)

މަޤާމުގެ ގިންތި:                         ވަގުތީ (6 މަސް)

މަޤާމުގެ ރޭންކް:                      އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:               އެސިސްޓަންޓް ޑިރެކްޓަރ

ސެކްޝަން:                             އިދާރީ

މަޤާމް އޮތް އޮފީސް:                    ކުޑަފަރީ ސްކޫލް/ ނ. ކުޑަފަރި

ވަޒީފާ އަދާކުރަން ޖެހޭ ތަން:            ކުޑަފަރީ ސްކޫލް/ ނ. ކުޑަފަރި

މުސާރަ:                                -/7035

ސަރވިސް އެލެވަންސް:                  މަހަކު-/2000

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

ދާއިރާ: - ބިޒްނަސް އެޑްމިނިސްޓްރޭޝަން

-             ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ސަރުކާރުގެ ފައސާއާއި ބެހޭ ޢާންމު ޤަވާޢިދުތަކާއި ހަމަތަކުގެ މަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު މިޚަރަދުތައް ކުރެވޭ ގޮތާއި ޚަރަދުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން
  2.  އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުވުން 
  3. ސްކޫލްގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާއި ގުޅޭގޮތުން ވެރިއެއްގެ ޙައިސިއްޔަތުން ބަލަހައްޓަން ޖެހޭ ކަންތައްތައް ބެލެހެއްޓުން
  4. ސްކޫލްގެ އިދާރީ ކަންކަމާއި ގުޅޭ މަސައްކަތްތައް ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ހިންގުމާއި އަދި އެކަންކަން ހަރުދަނާ ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން
  5. ސްކޫލްގެ ޢިމާރާތްތަކާއި ތަކެތި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން
  6. ސްކޫލްގެ އެންމެހައި ޢިމާރާތްތައް މަރާމާތު ކުރުވުމާއެކު ބެލެހެއްޓުން
  7. ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީގެ އެންމެހައި ކަންތައް ބެލެހެއްޓުން 
  8. ކިޔަވައިދިނުމާއި ސީދާ ގުޅުމެއް ނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން

ސްކޫލްގެ އެންމެހައި ޢިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން   

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމްގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު ، މަޤާމްގެ މަސައްކަތު ދާއިރާއެއްގައި މަދުވަގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

  1. މަޤާމްގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު ، މަޤާމްގެ މަސައްކަތު ދާއިރާއެއްގައި މަދުވަގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

މަޤާމްގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 9 ން ފެށިގެން މަތީ ސަނަދެއް ޙާސިލް ކޮށްފައިވުން

 

                                

ވަޒީފާއަށް  އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2.  މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  • ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ކުޑަފަރީ ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތިހުށަހަޅާނީ 02 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ކުޑަފަރީ ސްކޫލް އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 03 އެޕްރީލް 2019 އާއި 07 އެޕްރީލް 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

 

 

 

 

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމު

ޖުމްލަ އިންސައްތަ

CS9-2 އިން CS11-2

30

CS13-2

35

CS15-2

45

 

ނޯޓް:

  1. ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  2. ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

 

 

 

 

 

 

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6561802 ނަންބަރު ފޯނާއެވެ.

 

 

 

11 ރަބީއުލްއާޚިރު 1440 ހ.

18 ޑިސެމްބަރ 2018 މ.

 

 

 

25 މާރިޗު 2019
ހޯދާ