ދިވެހިރާއްޖެ
އިޢުލާން
ޔުނިވަރސިޓީގެ ލިފްޓު ސާރވިސްކޮށް، މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ޔުނިވަރސިޓީގެ އިޢުލާން ނަންބަރު 170PRI2019/016 އަށް މައުލޫމާތު ސާފުކުރުމަށް އެކަށީގެންވާވަރަށް ބޭފުޅުން ހާޒިރު ވެފައިނުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ޔުނިވަރސިޓީގައި ގާއިމްކުރެވިފައިވާ މިޓްސުބިޝީ (mitsubishi) ލިފްޓް ސާރވިސްކޮށް، މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ތިންވަނަ ފުލޯ މީޓިން ރޫމްގައެވެ.
މަސައްކަތުގެ މައުލޫމާތު ޝީޓް މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.އަދި އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.