މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލަހައްޓަމުންދާ ބައު ޖަމާލުއްދީން ޢިމާރާތުގެ ސެކިއުރިޓީ 02 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލަހައްޓަމުންދާ ބައު ޖަމާލުއްދީން ޢިމާރާތުގެ ސެކިއުރިޓީ 02 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު     (IUL)471-CDS3/1/2019/15 (20 ފެބުރުވަރީ 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 25 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 12:00 އިން ފެށިގެން 01 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  3. މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 މާރިޗު 2019 ވާ ބުދަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 02 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އެވެ.
  5. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު 3,600 (ތިންހާސް ހަސަތޭކަ) ދިވެހި ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ.
  7. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 01 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
24 މާރިޗު 2019
ހޯދާ