ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 

                                        ވަޒީފާގެ ފުރުޞަތު  

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް

ރޭންކް:

EX7/B

ބޭނުންވާ އަދަދު:

1

ތަޢްލީމާއި ތަޖްރިބާ:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޤާނޫނީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އެމް.އެސް 3 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޤާނޫނީ ދާއިރާއިން ދަށްވެގެން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އީ.އެކްސް 1 ރޭންކް، ނުވަތަ އެއަށްވުރެމަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމްގެ މަސްއޫލިއްޔަތު:

-  ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަސައްކަތްތަކަށް އެހީތެރިވުމާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އަމީން ޢާންމުގެ މަސްޢޫލިއްޔަތުތަކުގެ ތެރެއިން އަމީން ޢާންމު އެފަރާތާ ޙަވާލުކުރާ މަސައްކަތްތައް އަމީން ޢާންމުގެ އިރުޝާދުގެ ދަށުން ކުރުން.

އުޖޫރަ:

- މަހަކު -/30,000 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500/- ރުފިޔާ

 

ފޯމް ފޮނުވަންވީ ތާރީޚް: 24 މާރިޗް 2019 ން 28 މާރިޗް 2019 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.

 

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

 

ނޯޓް:ވަޒީފާއަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް އިން (www.majlis.gov.mv) ލިބެން ހުންނާނެއެވެ. މިމަޤާމްތަކަށް އެދި ފޯމް ފޮނުވާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާތިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ފޮނުވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

                           17 ރަޖަބު 1440

                           24 މާރިޗް 2019    

24 މާރިޗު 2019
ހޯދާ