ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެކެއް އަހަރު ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދުގެ ރަށްތަކަށް ކަނޑުމަގުން އެސްޓީއޯގެ މުދާ ގެންގޮސްދޭނެ ފަރާތެއް (ދޯނި/ބޯޓް) ހޯދަން ބޭނުންވެއްޖެ

ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 މާރިޗު 28 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019  މާރިޗު 28 ވާ ބުރާސްފަތި ދުވަސް  ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 މާރިޗު 31 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2019 އޭޕްރީލް 01 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި، 2019 އޭޕްރީލް 02 ވާ އަންގާރަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 އޭޕްރިލް 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި  އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344180، 3344295  

ފެކުސް: 3344633

އީމެއިލް: [email protected]

24 މާރިޗު 2019
ހޯދާ