އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

އިޢުލާން ނަންބަރު: AS/IUL/2019/006

މަޤާމް: ކޮންސަލްޓެންޓް

އާސަންދަ ކުންފުނީގެ އިދާރީ ހިންގުން ހަރުދަނާނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި، ތިރީގައިމިވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް ފަރާތެކެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުންފުނީގެ ސްޓްރަކްޗަރ ރިވިއުކޮށް ގެންނަންފެންނަ ބަދަލުތައް ދެނެގަތުމާއި، ކުންފުނީގެ ލަނޑުދަޑިތައް ޙާޞިލުކުރުމަށް މިހާރު ބޭނުންކުރަމުންދާ ސްޓެރެޓެޖީތައް ވަޒަންކޮށް ގެންނަން ފެންނަ ބަދަލުތައް ފާހަގަކުރުމާއި އަލަށް ބޭނުންކުރެވިދާނެ ސްޓްރެޓެޖީތައް ފާހަގަކުރުމާއި، ކުންފުނީގެ ލަނޑުދަޑިތައް ޙާޞިލުކުރުމަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދާއި ފެންވަރު ދެނެގަތުމާއި، ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ޒަމާނީކޮށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެކަންކަމާގުޅޭ ގޮތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ލަފާދިނުމެވެ.

 

މި މަސައްކަތުގެ މުއްދަތަކީ އެޕްރީލް 2019 އިން ފެށިގެން 3 މަސް ދުވަހެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިކުންފުނީގެ ވެބްސައިޓް www.aasandha.mv  ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ [email protected]  އީމެއިލް ކުރެއްވުން އެދެމެވެ.

ކުރިމަތިލުމުގެ ސުންގަޑި:  2019 މާރިޗު 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. ސީވީ.
  3. މަސައްކަތާގުޅޭ ތަޖުރިބާ ދައްކުވައިދޭ އެހެނިހެން މަސައްކަތްތަކުގެ ޕޯޓްފޯލިއޯ.
  4. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  1. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ

 

ޚާއްޞަ ސަމާލުކަމަށް:

- ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި ކޮށްފައިހުރި މިބާވަތުގެ މަސައްކަތުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހުއެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 މާރިޗު 2019
ހޯދާ