ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅުކައުންސިލް އިދާރާގެ ލޯންޗް ނެވި (ދާއިމީ)

 

                                                ނަންބަރު:(IUL)241-A/241/2019/6

              

 

އިޢުލާނު

ނެވި  ( ދާއިމީ )

މަޤާމް:

J-222729

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ސަޕޯޓް ސަރިވިސް

މަޤާމުގެ ގިންތި:

އެސް.އެސް 3

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ކްލެސިފިކޭޝަން:

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުސާރައަކީ މަހަކު -/3875 ރުފިޔާއެވެ.

މުސާރަ:

މަހަކު -/1000 ރުފިޔާ

ސަރވިސް އެލެވަންސް:

ސަޕޯޓިންގކޯ އެލަވަންސް ގެ ގޮތުގައި މަހަކު -/1200 ރުފިޔާ އާއި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ދަތުރުކުރާނަމަ ދަތުރުކުރާ ކޮންމެ ދުވަހަކަށް ހާޑްޝިޕް އެލަވަންސް ލިބޭނެއެވެ.

އެހެނިހެން އެލަވަންސް:

1-      އަތޮޅުކައުންސިލް އިދާރާގެ އުޅަދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް ( ކައުންސިލް އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން ) ނެވި އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.

2-      އަތޮޅުކައުންސިލް އިދާރާގެ އުޅަދުފަހަރުން ދަތުރުކުރާއިރުގަ އާއި ފަޅުގައި އޮންނައިރު، އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އެކަމާއިބެހޭ ވެރިއަކު  އަންގާ ގޮތުގެ މަތިން ކުރުން.

3-      ދަތުރު ނުކުރާ ބަންދު ނޫން ދުވަސްތަކާއި ގަޑިތަކުގައި އިދާރާއިން އަންގާ ގޮތެއްގެ މަތިން އިދާރާއިން އަންގާ ރަސްމީ މަސައްކަތް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          މަޤާމަށް ބޭނުންވާ ތަމްރީނެއް / ހުއްދައެއް / ޙާޞިލްކޮށްފައި ވުމާއިއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި  މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

-          ލިޔަންކިޔަން ދަތުމާއި، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު ކަނޑުއުޅަދު ދުއްވުމުގެ ކެޓަގަރީ A,B,C,D  ޙާޞިލްކޮށްފައިވުން. ނުވަތަ

-          މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 1 ރޭންކްގެ ޝަރުޠު ފުރިހަމަވެ އެރޭންކްގައި މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

-          މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު އެސް.އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި، މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      މަސައްކަތާއިގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާ   ( މިއިދާރާގައި ވަޒީފާއަދާކޮށް ލިބިފައިވާ ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ. )

2-      އިންޓަވިއުއިން ލިބޭ މާކްސް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

02 އޭޕްރީލް 2019 ވާ އަންގާރެ ދުވަހުގެ 14:00  ގެ ކުރިން ގއ. އަތޮޅުކައުންސިލްގެ އިދާރާއަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ތަން: ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

މުއްދަތު: މިއިޢުލާނަށް އިޖާބަ ދިނުމުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި

 

އިންޓަވިއއޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ މަތިވެއްޖެނަމަ، އޭގެތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ6820028  އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

     

 

14 ރަޖަބު       1440

21  މާރޗް      2019          

 

20 މާރިޗު 2019
ހޯދާ