މަޤާމުގެ މަސްޢޫލިއްޔަތު:
|
- ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި، ހަމަޖެހިފައިވާ އުޞޫލުން އެންޓްރީ ނަގައި، ކަމާބެހޭ ވެރިޔެއްގެ އަރިހަށް ގެންދިޔުން.
- މުވައްޒަފުންނަށް ވަޒީފާ ދިނުމާއި/ބަދަލުކުރުމާއި/ވަކިކުރުމުގެ ކަންތައް ޤައުމީ ޔުނިވަރސިޓީގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރުން.
- ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކުގެ ރަޖިސްޓްރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ހުސްވާ މަޤާމްތަކަށް އިޢުލާންކޮށް، އެ މަޤާމްތަކުގެ އިންޓަރވިއުގެ ކަންތައްތައް ޕްރޮސީޖާ މެނުއަލްގައިވާ ގޮތަށް ކުރުން.
- ބިދޭސީ މުވައްޒަފުން މާލެ އައުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސައި، ޤަވާއިދުން އެ މީހުންގެ ވާރކް ވިސާ ކާޑާއި ވިސާފީ ދެއްކުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- މުވައްޒަފުންގެ ވަޒީފާއާ ގުޅިގެން ސެކްޝަނަށް ލިބޭ ސިޓީތަކުގެ ތެރެއިން ޖަވާބުދޭންޖެހޭ ސިޓީ ހުރިނަމަ، ވެރިޔެއްގެ މަޝްވަރާގެ މަތިން ކަމާބެހޭ ފަރާތަކަށް 3 ދުވަހުގެ ތެރޭގައި ވަގުތީ ޖަވާބެއްނަމަވެސް ދިނުން.
- ވަޒީފާދޭ މުވައްޒަފުންނާއި، ވަކިކުރާ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި، އެމީހުންގެ މަޢުލޫމާތު ސެޕް ސިސްޓަމަށް އެޅުން.
- ވަޒީފާ ބަޔާންތައް ތައްޔާރުކޮށް، ކަމާބެހޭ މުވައްޒަފު ލައްވައި ސޮއިކުރުވައި، ވަޒީފާގެ ޗިޓްތައް ކަމާބެހޭ ސެކްޝަންތަކަށް ހަވާލުކޮށް، އެ ޗިޓްތައް ފައިލްކޮށް ބެލެހެއްޓުން.
- އަލަށް ވައްދާ މުވައްޒަފުންގެ މަޢުލޫމާތު، ހިޔުމަން ރިސޯސް ސިސްޓަމަށް އެންޓަރކޮށް، އެ މުވައްޒަފުންނަށް ކާޑު ހަދައިދިނުން.
- މުވައްޒަފުންގެ މަޢުލޫމާތު ފައިލް އަޕްޑޭޓްކޮށް، ޕްރޮބޭޝަން ފޯމުތައް ފުރުވުން.
- ޤަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ސަލާމްބުނާ މުވައްޒަފެއް/އަހަރީ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2019 މާރިޗު 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާ އަދާކުރަން ފެއްޓެވި ތާރީޚް އަދި އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- މަސައްކަތުގެ ދާއިރާ ކަމުގައި ބަލާނީ އެޗް.އާރް، އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، އަދި ހިންގުމުގެ ދާއިރާތަކެވެ.
- މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތްތަކުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ
|